ލޮޓަސް ފިހާރައިން ހޮސްޕިޓަލަށް އެހީ ހަވާލުކުރުން

ލޮޓަސް ފިހާރައިން ހޮސްޕިޓަލަށް މެޝިންތަކެއް ހަދިޔާކޮށްފި

ހިތާދޫ އޮންލައިން | 06 ފެބުރުއަރީ 2020





ލޮޓަސް ފިހާރައިން ބ. އަތޮޅު ހޮސްޕިޓަލަށް މެޝިންތަކެއް ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މެޝިންތަކާ ހަވާލުވެވަޑައިގަތީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދެވެ. އަދި ލޮޓަސް ފިހާރައިގެ ފަރާތުން އެ ތަކެތި އަތޮޅު ހޮސްޕިޓަލާ ހަވާލުކޮށްދެއްވީ އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރެވެ.

ލޮޓަސް ފިހާރައިން ހަދިޔާ ކުރީ އެމެޖެންސީ ޓްރޯލީ އަކާއި އެމަޖެންސީގައި ފަރުވާދޭ ސީޕީއޭޕީ ސިސްޓަމެކެވެ.

މިފަދަ އެހީއެއް އެ ހޮސްޕިޓަލަށް ހަދިޔާކުރެއްވީތީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު، ލޮޓަސް ފިހާރައަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ލޮޓަސް ފިހާރައިން އެ ހޮސްޕިޓްލަށް މީގެ ކުރިން ވެފައިވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ. މީގެ ކުރިން ވެސް އެތަނުން އަތޮޅު ހޮސްޕިޓލަށް އެމްޖެންސީ ޓްރޯލީ އެއް ހަދިޔާކޮށްފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :