މުއާޒު.

މުއާޒު ހިތާދޫ ކައުނަްސިލުގެ ރައީސްކަމަށް ނުކުންނަނީ

ހިތާދޫ އޮންލައިން | 06 ފެބުރުއަރީ 2020

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ބ. ހިތާދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން ނިންމާފައި ވާކަމަށް ބ. ހިތާދޫ ގުލްފާމުގެ މުއާޒު ޢަބްދުއްރަޙްމާނު ބުނެފިއެވެ.

ހިތާދޫ އޮންލައިންއަށް މަޢްލޫމާތު ދެމުން މުއާޒު ބުނީ ކައުންސިލުގެ ރައީސްކަމަށް ނުކުންނަށް ނިންމީ މިހާރަށްވުރެ ގާތޫން އަވަސްކޮށް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށާއި އެކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީމަކަމަށެވެ.

"އަޅުގަނޑު މިނުކުތީ މިހާރު ރަށުގައި ނުފެށި އަދި ފެށި ލަސްވަމުންދާ މަޝްރޫޢތުަށް އަސްކުރެވޭނެގޮތް އެނގި އެކަންކަން ކުރެވޭނެ މަގުތަށްވެސް ހޯދައިގެން. ޚާއްސަކޮށް ހިތާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ނެޕީގެ މައްސަލަ ހައްލު ކުރެވޭނެ މަގުތަށްވެސް ހޯދައިގެން. ރައްޔިތުން އަޅުގަޑަށް ފުރުސަތު ދެއްވައިނަމަ ﷲގެ ވާގިފުޅާއި އެކު އިސާހިތަކު އެކަންކަން ނިންމާލެވޭނެ"

މުއާޒު ބުނީ ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ އިތުރު ޕްރޮޖެކްޓްތަށް ފެށިގެން ދާނެކަމަށާއި މިހާރުވެސް އަތޮޅުތެރޭގެ ރިޒޯޓުތަކުގެ މެނޭޖުމަންޓުތަކާއި ކަނެކްޝަން އަޅަމުންއަންނަލަމަށެވެ. އަދި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް އެކި ފަރާތްތަކާ ވާހަކަ ދައްކަމުން އަންކަމަށާއި ރައްޔިތުން ހީނުކުރާފަދަ ކުރިއެރުން ލިބޭނެ ކަމުގެ ފެހި ސިގްނަލް އެފަރާތްތަކުން ދެއްވަމުން ދާކަމަށްވެސް މުއާޒު ބުންޏެވެ.

މުއާޒު ބުނީ ވަރަށް އަވަހަށް މެނިފެސްޓޯ ޢާންމު ކުރާނެކަމަށެވެ.

އަންނަ އޭޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިޚާބުގައި ހިތާދޫ ކައުންސިލުގެ ރައީސް ކަމަށް މުއާޒުގެ އިތުރުން އެމްޑީޕީ ޓިކެޓުގައި މިހާރުގެ ރައީސް އަބްދުލް ޢަޒީޒު އަދި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ބ. ހިތާދޫ ވަފާ ބާސިތު ވާދަ ކުރާނެކަން ވަނީ އިޢްލާން ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :