މަސްވެރިކަން ކުރާ ސާމާނު ވިއްކާ ހާއްސަ ފިހާރައެއް ހުޅުވައިފި

ހިތާދޫ އޮންލައިން | 04 ފެބުރުއަރީ 2020





މަސްވެރިކަން ކުރާ ތަފާތު ވައްތަރުގެ ސާމާނު ވިއްކާ ފިހާރައެއް ބ. ދަރަވަންދޫގައި ހުޅުވައިފިއެވެ.

ދަރަވަންދޫ އުޖާލާ ގޭގައި “ޓެރެވަލީ ފިޝް ފައިޓާސް” ގެ ނަމުގައި ހުޅުވި މި ފިހާރަ ހުޅުވައިދިނީ ދަރަވަންދޫގެ މަސްވެރިއެއް ކަމަށްވާ ޔޫސުފް ހުސައިނެވެ.

މި ފިހާރައިން އެންމެފަހުގެ ޒަމާނީ މަސްވެރިން ކުރާ ހުރިހާ ވައްތަރެއްގެ ޖިގު، ޕޮޕަރ، ސުޓިކް ބެއިޓް، ރީލް، ދޮށި، ރޮދި، ސްޕިލްޓް ރިންގ، މިހުރިހާ ވައްތަރެއްގެ ސްޕޯޓްސް ފިޝިންގ ސާމާނު ލިބޭނެއެވެ. މީގެ އިތުރުން އެންމެ ކޮލިޓީ ރީލާއި ދޮށި ވެސް އެ ފިހާރައިން ލިބޭނެ އެވެ.

ޓެރެވަލީ ފިޝް ފައިޓާސް އިން އެންމެފަހުގެ ޒަމާނީ މަސްވެރިން ކުރާ ހުރިހާ ވައްތަރެއްގެ ސާމާނު ލިބޭ
“އަޅުގަނޑުމެން ނަށް އަންގަވާ ދެއްވާ ތިޔަ ބޭފުޅުން ބޭނުން ވާ ވައްތަރެއްގެ އުކާ މަސް ނުވަތަ ޕޮޕަރ. ސައުތު އެފްރިކާ، އިންޑޮނޭޝިޔާ އިން އަޅުގަނޑުމެން އެންމެ ކޮލިޓީކޮން ތައްޔާރު ކޮށްގެން ގެނެސް ދޭނަން އެކިވައްތަރުގެ މަސްވެރިން ކުރާ ސާމާނު ހަމަ އެކަނި ސީދާ އަޅުގަޑުމެންގެ ބްރޭންޑް އެކްސްކްލޫސިވްކޮށް ލިބެން ހުންނާނީ މި ފިހާރައިން،” ފިހާރައިގެ އޯނަރު އަލީ ރާޝިދު ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވީ ި ފިހާރައިގެ ފަރާތުން ދުނިޔޭގެ މަޝްހޫރު މަސްވެރިން ގެނެސް ބ. އަތޮޅުގެ އެކި ތަންތަނަށް މަސްވެރިން ކުރުމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :