އަޙްމަދު އަފްރާހަށް ޔޫސޭ ތަޙްނިޔާ ވިދާޅު ވެއްޖެ

ހިތާދޫ އޮންލަިއން | 02 ފެބުރުއަރީ 2020





ނިމިގެން މިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ޔޫސުފު ޤާސިމަށް ތާޢީދު ކޮށްދެއްވާ ކެމްޕޭނުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރި ކަމާއި އެކަު ޝުކުރު ދަންނަވައިފިއެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ކުރިމަތި ލެއްވި ޔޫސުފު ޤާސިމް ނެރުއްވި ބަޔާނުގައި ބުނީ މިކެމްޕޭނުގައި ބ. އަތޮޅުގެ ރަށްރަށް ކުރި ދަތުރުތަކުގައި އެރަށްރަށުގެ އެމްޑީޕީގެ އިސް ވެރިންނާއި އާންމު މެންބެރުން ބެހެއްޓެވި ގާތްކަމާއި ދެއްވި މެހުމާން ދާރިީއަށް ހިތުގެ އަޑިން ޝުކުރު ދަންނަވާކަމަށާއި ބ. އަތޮޅު އެމްޑީޕީގެ ތިންދާއިރާގެ ތިންވެރިން އިންތިޚާބު އަމާން ކަމަާއި އޮމާން ކަމަާއި އެކު ގެންދެވުމުގައި ކުރެއްވި ބުރަމަސައްކަތަށް ވަރަށް އިޚްލާސްތެރި ޝުކުރު ދަންނަވާކަމަށެވެ.

"މި އިންތިޚާބު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އަޅުގަނޑު އަޚް އަޙްމަދު އަފްރާހު ހޯއްދެވި ކާމިޔާބީ ފާހަގަ ކޮށް އަލުގަނޑައި އަޅުގަނޑުގެ ޓީމާއި ސަޕޯޓަރުންގެ ފަރާތުން ތަހްނިޔާއާއި މުބާރަކު ބާދު އަރިސް ކުރަމެވެ. ބ. އަތޮޅުގެ ލޮބުވެތި އެންމެހާ މެންބަރުންނަށް އަޅުގަނޑު ޔަގީންކަށް އަރުވަނީ ކުރިއަށް މިއޮތް ކައުންސިލުތަކުގެ އާންމު އިންތިޚާބުގައި އަތޮޅު ކައުންސިލުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގައި އަޙަމްދު އަފްރާޙް ފަހައްޕުޅުގައި އަޅުގަނޑާއި އަޅުގަނޑުގެ ޓީމު އޮންނާނެ ކަމުގެ ޔަގީން ކަށް އަރުވަމެވެ. ހަމަ މިނޭވާގައި ބ. އަތޮުޅުގެ ތޭރަ ރަށުން އަންމު އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުނަށް ކާމިޔާބީ އަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ."


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Shuja

ޢަބަދުވެސް ޔޫސޭ ނަމޫނާ ދަައްކާގޮތް ވަރަށް ފުރިހަމަ. އަސްލު އެމް.ޑީ.ޕީ މީހުން މިހެން ވާންޖެހޭނެ.
ޝުކުރިޔާ ޔޫސޭ

ޢާއިޝާ ގެ ދަރި

ޔޫސޭގެ ބަސް އިވިއްޖެ ތިޔައީ ވަރަށް ޙިކުމަތްތެރި ނިންމުމެއް ވަރަށް ވެދުން 💯👏👏👏👏👏