އެމްޑީޕީން ހިތާދޫ ކައުންސިލަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވައިފި

ހިތާދޫ އޮންލައިން | 01 ޖަނަވަރީ 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި ބ. ހިތާދޫކައުންސިލަށް ވާދަކުރަން ކެންޑިޑޭޓުން ހޮވައިފި އެވެ.

ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި 11 ކެނޑިޑޭޓުންގެ ތެރެއިން ހޮވުނު 5
ކެނޑިޑޭޓުންނަކީ މިހާރުގެ ބ. ހިތާދޫ ކައުންސިލުގެ ރައީސް ޢަބްދުލް ޢަޒީޒާއި ނާއިބުރައީސް މުޙައްމަދު ހަސަނާއި މުޙައްމަދު ފާޟިލު ގެ އިތުރުން ޝާމިއާ ޢަބްދުއްލަތީފާއި ނާސިރާ މުޙައްމަދެވެ.

އިއްޔެގެ ޕްރައިމަރީގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ ރައީސްކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، ކާމިޔާބު ކުރެއްވީ އަތޮޅު ކައުންސިލުގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަފްރާހު އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :