ދުއިސައްތަ މިލިއަންގެ ދަބަރު ގަނޑު - އެބުރިޖު ޕާޓު 2

އަޙްމަދު ލަބީބު | 26 ޖަނަވަރީ 2020





ގަދަ ދަގަނޑު ދަބަރަށް ވެދޭ
ގަދަ ހިލަ އަނދާ ރޫޅިދޭ

ދަބަރު ގަނޑަކުން ރީސައިކަލް ކޮށްގެން ހަދައިފައިވާ ދަގަނޑު ގަނޑެއްނަމަ ، ދަބަރު ނުޖަހާންވީ އެއްވެސް ހުއްޖަތެއް ނެތެވެ. ކިތައްމެ ވަރަކަށް ދަބަރު ތެޅިޔަސް ދަބަރު ހުސް ނުވާނެއެވެ. 2020ވަނަ އަހަރު ފެށިގެން އައި ރޭ ، އައު އަހަރު ފާހަގަ ކުރުމަށް ކުޅެމުންދިޔަ ނ ޗަރަންގީ ގެ ކުލަވަރު ފަޑުވަމުން ، ހަވާ /ފަޓާސް ، ކުޅިވަރުތައް ނިމި އަޑުތައް މަޑުވަމުން ،ދޭހުގައި އެއްވެސް ހިލަމެއްނެތި ނިދިއޭގެވާޖިބު ފުރިހަމަ ވެގެން ދިޔައެވެ . އެއީ މެންދަމުން އަލިވެ 3ނެއްޖަހާ އިރުވެއެވެ. މާލެއާއި ކައިރިން ބުރިޖުގެ ތިރިން ދެފަރާތުގައި ކަނޑުގެ އަޑީގައި ފަރުމާ ކޮށްފައިވާ ދެ بيت އަކީ ،ފަރުގެ ރީތިމަންޒަރުތަކާއި ، މަސްމަހާއި ކަނޑުގެ ޖަނަވާރުތައް ފެންނަގޮތަށް ތައްޔާރު ކޮށްފައިވާ ބަގަލޯއެކެވެ . އެރެޔަކީ ހަނދު ވަރުރީތި ރެއެކެވެ. ކަނޑުގެ އަޑިން ފެންނަ މަންޒަރާއި މަތިން ފެންނަ ރިވެތި ގުދުރަތީ މަންޒަރުތައް ބަޔާން ކުރަން އެހާފަސޭހަ ކަމަކަށް ނުވާނެއެވެ . .ބަެއް

އަލަތު ކައިވެނި ކުރާ މީހުނަށް ސަރުކާރުންދޭ ހަނީމޫން ތޯފާއެއް ގެ ގޮތުގައި ބުރިޖް އަންޑަރ ވޯޓަރ ބަގްލޯ ގައި އެއްރޭ އެއްދުވާ ހިލޭ ހުރުމުގެ ފުރުސަތު ލިބެއެވެ . ބައެއް މީހުން މިކަންކަން ، މިފުރުސަތެއް ގަބޫލެއް ނުކުރެއެވެ. އެއީ އަލަތު ކައިވެނި ކުރާމީހުންނަށް ދެވިފައި ވާ ރީތި ޗާލު މެހެލްތައް ލިބިފައިވާތީވެ އެމެހެފިލް ތަކުން އުފާކުރަން އެތަންތަން މާރަގަޅުކަމުގައިވާތީވެއެވެ. ނަމަވެސް ވަރަށް ހިތްހަމަ ޖެހިގެން އެރޭ އެތާ ނިދިދެމަފިރިން ނަން ނިދުނީ ވަރަށް ދަންވިފަހުން ނެވެ. ހޭލެވުނީ ކަންފަތުން ވައިކަފާ އަޑެން ކަހަލަ އަޑެއް އިވޭތީ ވެއެވެ. އޭރު ގަޑިން 6ގަޑި ބައިވެއްޖެއެވެ . ބުރިޖުގައި ދަތުރުކުރާ ސަވާރީންތައް ކޮޅުކޮޅު މައްޗަށް ދަތުރު ކުރަމުން ދެއެވެ. އިރުގެ ދޯދިތަށް ކަނޑުގެ ލޮނުގަނޑުގެ ތެރެއިން ރޫމް ތެރެޔަށް ވަދެފައި ވާއިރު އެފެންނަ ތަފާތު ކުލަވަރުގެ ސަބަބުން ގުދުރަތީ ގޮތުން ފަރުމާވެގެން ދަނީ ވަރަށްވެސް ރިވެތި ހިތްގައި ތަސްވީރު ތަކެކެވެ. މިހިތްގައިމު މަންޒަތައް ، ރީތިކަން އެއްފަރާތަކަށް ކެހިގެން ދިޔައީ ވައިކަފާ އަޑަށް ސަމާލުކަން ދިނުމަށް މަޖުބޫރު ވުމުންނެވެ . 7ޑީ ފިލްމެއް ބަލާކަހަލަ އިހުސާސް ކުރެވެން ފެށީ ރޫމުތެރެއަށް ވަންނަ ހަވާގެ ތެރެން ވައިގައި ތެއްކަން އިހުސާސް ވާތީވެއެވެ . ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރެއް ކުރުވަމުން ދަބަރު ގެ ވަސް ދުވާހެން ވެސް ހީވާން ފަށައިފިއެވެ. މާގިނަ އިރެއް ނުވެ މަންޒަރު އެއްކޮށް ބަދުލުވެ ސަވާރީ ތައް ބުރިޖުމަތިން ފުންމާ ތައްވެސް ފެންނަން ފަށައިފިއެވެ . ބުރިޖުގެ ތަންތަންގަނޑު ( ދަބަރުގަނޑުތައް ) ބުރިޖުއާއި އާއި އަލްވަދާއު ކިޔައި މާކަނޑަށް ފުން މަމުން ދަނީ ދަބަރު ބުރިޖުގެ ތަބުތަކަށް ފޮނުތައް ބުރުވަމުންނެވެ . މިމަންޒަރުތަކަކީ ފިލްމީ މަންޒަރު ތަކެއް ނަމަ ވަރަށް ފުރިހަމަ ވާނެއެވެ . ނަމަވެސް މީ ހާލިސް އަސްލީޔާތެއް ކަމަށް ވާނަމަ ހިތްތަށް ކުދި ކުދިވެގެން ދާނެއެވެ. ރުއިމާ ހިތްތައް ފަޅައިގެން ދާވަރުވެ ލަގޮނޑިތައް ބޭރަށް ނުކުންނަ ވަރު ވާނެއެވެ. އަންޑަރ ވޯޓަރ ބަގްލޯ ގައި ރޭކުރި މީހުން ރޮމުން ރޮމުން ރޫމުން ބޭރަށް ނުކުމެ ބަލައި އިރު ކަނޑުގެމަތީ ސަތަހާއިގެ އެތައް މިތާގައި ފެންނަން އޮތީ ވީރާނާ ވެފައިވާ ދަބަރު ބުރިޖުގެ ބައިތަކެވެ.

ކަނޑަށް ގަރަގުވަމުން ދިޔަ ސަވާރީއެއްގެ ތެރޭއިން ސަލާމަތުގެ އައްސޭރިޔަށް ދެވުނު ސާވަރީޔަކު ކިޔައި ދިނެވެ. ހިތަމާޔާ އެކުވެސް ހިތްނުރުހިފައި ހުރެ ؟ " އެދަބަރު ބުރިޖު ، ގަދަ ކަމުން ހުޅުވީވެސް އެތައް ހާސްޓަނެއްގެ ބަޑިބޭހުގެ ކުޅިވަރަށް ފަހުއެވެ.އޭރު ބަޑިބޭހުގެ އެތަށް ބައިވަރެއް ކަޑަށް އެޅުނުއެވެ. އެ ޖަމާވަމުން ދިޔައީ ދަބަރު ބުރިޖުގެ ތަބުތަށް ކައިރި އަށެވެ. ބަކީ ބައި ފަރު ހަލާކުރަމުން ދިޔައެވެ. ދަބަރުތަކާއި ބަޑިބޭހުގެ ސަބަބުން ތަބުތައް ދިޔައީ ހަލާކުވަމުންނެވެ . ބުރިޖު ހުޅުވިތާ މާގިނަ ދުވަހެއްނުވެ ބުރިޖުގެ އެންމެ މަތީ ހިސާބަށްވެސް ފެން ނުވަތަ ލޮނުގެ އަސަރު ފެންނަން ނަން ފަށައިފިއެވެ . ފެން ނުވަތަ ލޮނު އެހިސާބުން ފެންނަން ޖެހޭނެ ކާފީ ހެއްކެއް މަތިން ފެންނަށް ނެތަސް ކަނޑުގެ އަޑިން ހިގަމުންދާ ހިތިމަންޒަރެއް ގިނަމީހުނަށް ނުފެންނާނެވެ. ފެންނަނީ ޑައިވު ކުރާ މީހުންނަށެވެ. ޕިންކު ކުލައި މުފައްކިރުން ބުނަނީ ވާރޭފެން ކަމަށެވެ. ދެން އެބައި މީހުން މުއއްޒވެފައި ދެކޮޅަށް ދުއްވާލަ ދުއްވާލަ ތިބޫ އެވެ. އެހެން ނަމަވެސް މުފައްކިރުން މުއއްޒއޭ ބުނީމާ އޭގައި އެއްވެސް ސަވާލެއް އުފެދޭނެ ޖަގައެއް ނެތި ދެވަނަ ފަހަރު ބުރިޖު އަޅަން ޖެނޭނެކަން ގިނަމީހުން ނަށް ގަބޫލު ކުރެވުނެވެ . އުޑުމަތިން ، ވިލާކޮޅެއްގެ ހިޔަނިވެސް ނެތި ވާރޭ ފެނުގެ އަސަރު ފެނުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ.

" ސަވާރީ މީހާ " އަޅުގަނޑުވެސް މިއަކީ ޗ ޗިކަން ތަކުގެ ލޮލޮގެ ފަރުވާދޭ ތަނުން ފަރުވާއެއް ހޯދައިގެންނެވެ. މިއައި މަގުމަތީގައި ކަރީސާގެ ޝިކަރާއަކަށް އަޅުގަޑުވެސް ވީއެވެ ." ލޮލޮގެ މައްސަލަތައް ނުޖެހެންވީ ސަބަބެއްނެތެވެ. ބުރިޖުގެ މަތިން ދެފުރޮޅިލީ ސަވާރީގައި ދަތުރު ކުރާއިރު އޮލަ ދަބަރު ތަކުން ސަވަރީންގެ ލޯތަކައް އަސަކުރުވަނީ ކިހާވަރަކަށް ކަމެއް ހުދު އެސަވާރީން ނަކަށްވެސް ނޭގޭނެއެވެ. ދަބަރު ކަހާތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ . އެތަށް ބަޔަކަށް ލޮލުގެ މައްސަލަތައް ޖެހެން ފެށުމުން ޗ ޗިކަން ތަކަށް އައި ކޭންޕް ހުޅުވަން މަޖުބޫރު ވާނެތާއެވެ . މިކަމުގައި ވެސް ނަޖާއިޒު ފައިދާގަނާ ދަބަރާ ލޮނާ އެކުވެގެން އިންސާނާގެ ލޮލަށް ގެއްލުން ވަނީ ކިޔަވަރަކަށް ތޯ ބަލައި މިއީ ހަގުރާމައިގައި ހަތިޔާރެއް ގޮތަށް ތަރައްގީ ކުރެވިދާނެ އެއްޗެއް ކަމަށް ޗ ޗިކަން ތަކަށް ގަބޫލު ކުރެވި ވަރަށް ސިއްރިޔާތުގައި މިހަތިޔާރު ހެދުމުގެ ކަންކަން މެކުހަށް ޖަހައިފައި ވާކަމަށްވެއެވެ.

ނުނިމޭ (3 ބަޔަށް އިންތިޒަރުކޮށްލައްވާ )


ކިޔުންތެރިންގެ ޚިޔާލު...


ނަން :