ބ. މާއްޑޫ

މާއްޑޫ އޭދަފުށީ ކައުންސިލު ބެލުމުގެ ދަށަށް

ހިތާދޫ އޮންލައިން | 09 ޖަނަވަރީ 2020





ބ. އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާއްޑޫ، ކުރިން ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަރާތްކަމުގައިވާ މ. ބަގީޗާގޭ ކުޑަސިއްތި އަތުން އެރަށް ވަކިކުރުމަށްފަހު، އޭދަފުށީ ކައުންސިލަށް ނަގައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ 30 ޑިސެމްބަރު 2019 ވަނަ ދުވަހުން ފެށިގެން ކުރިން އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުން ބޭނުންކުރާނަމަ އެކަން ހުއްޓުވުމަށް ފިޝަރީޒް މިނިސްޓްރީން ކައުންސިލަށް ކޮޕީކޮށް ކުޑަ ސއްތިއަށް ފޮނުއްވި ސިޓީން އެފަރާތަށް އަންގާފައިވާތީ، މާއްޑޫ ބެލެހެއްޓުމާއި އެރަށު ކައުންސިލުން ހަވާލުވެފައިވާ ކަމަށެވެ.

އަދި އެއްވެސް ފަރާތަކުން އޭދަފުށީ ކައުންސިލުގެ ހުއްދަނެތި މާއްޑުއަށް ނޭރުމަށާއި އެއްވެސް ފަރާތަކުން އެރަށަށް އަރަންވާނީ އެ އިދާރާގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭދަފުށީ ކައުންސިލުން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :