ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލު ކުރަނީ

ހިތާދޫ އޮންލައިން | 27 ޑިސެންބަރ 2019





ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި އަހަރު ދެކޮޅު ސްކޫލްތަކުގެ ކުދިންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލައިގެން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ސްކޫލް ޗުއްޓީގެ ފުރަތަމަ ބައި ދޭނީ، 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި ދެވަނަ ބައި ދޭނީ، 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 އަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުންޏެވެ.

އެގޮތަށް ހަމަޖެއްސީ ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ ރިސޯޓްތަކުގެ ޕީކް ސީޒަނަށް ވާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މައިންބަފައިންއަށް އެ މީހުންގެ ދަރިން ގޮވައިގެން ޗުއްޓީއަށް ދިޔުމަށް ދަތިތަކާ ކުރިމަތިވާތީ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

އަހަރީ ޗުއްޓީއަށް މިނިސްޓްރީން ގެނައި ބަދަލާއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށްވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެކަމުގައި ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :