ބ. ހިތާދޫން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ- ހިތާދޫ އޮންލައިން

ބޯކޮށް ވާރޭވެހި ބ. ހިތާދޫ ފެނު އަޑީގައި!

ހިތާދޫ އޮންލައިން | 20 ޑިސެންބަރ 2019

މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ބ. ހިތާދޫގައި ފެން ބޮޑުވެއްޖެ އެވެ. އިއްޔެ ރޭކުރަން ފެށި މި ވިއްސާރައިގައި މިއަދުވެސް ބޯކޮށް ވާރޭވެހި ރަށުގައި ވަނީ ފެންބޮޑުވެފަ އެވެ.

މި ވިއްސާރައިގާ ހިތާދޫގެ ބައެއްގޭގެއަށް ފެންވަދެ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.

ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު ބ. އަތޮޅު ސަރަހައްދަށް މޫސުން އަދިވެސް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

ހިތާދޫގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަންނާތީ ފެންގަނޑު ހިންދުމުގެ މަސައްކަތް އަންނަނީ ތައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުންނެވެ. އިއްޔެ ފަތިހުން ފެށިގެން ވެހެމުންދާ ވާރޭގެ ސަބަބުން ރަށުގައި ވަރަށް ބޮޑަށް ފެން ހެދިފަ އެވެ. ބޯކޮށް ވާރޭ ވެހި ބައެއް ގޭގެ އަށް ފެން ވަންނާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މިއަދު ހެނދުނު ކުރި ވިއްސާރައިގައި މިއަތޮޅު އެހެން ރަށްރށުގައިވެސް ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އާއްމު ރައްޔިތުންނާއި ފުުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :