ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރަނީ

އެއްވެސް މެޗަކުން ބަލިނުވެ ޔޫފޭސް ޗެމްޕިއަން ތަށި ނަގައިފި

ހިތާދޫ އޮންލައިނ | 17 ޑިސެންބަރ 2019

ހިތާދޫ ޔޫތުވިންގ އިން އިންތިޒާމު ކޮށްގެން ބާއްވާ "އިންޑޯ މިލްކް އަންޑަރ 14 ފުޓުސެލް ޗެލެންޖި 2019" ފުޓުސެލް މުބާރާތުގެ ޗެމްޕިއަން ތަށި ދެވަނަ ފަހަރަށް ޓީމްޔޫފޭސް ނަގައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކުރީ ބަގޭސް އާއި ޔޫފޭސްއެވެ. ނުވަލަނޑު ދެ ލަނޑުން މެޗު ކާމިޔާބު ކުރީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫފޭސްގެ މާހީ އިބްރާހިމް އެވެ.

ޔޫފޭސް ފައިނަލުން ޖާގަ ހޯދީ މި މުބާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ބަގޭސް ފައިނަލަށް ދިޔައީ ކުރީ އަހަރުގެ ރަނަރއަޕް ޓީމް ހުދުފޮށާއާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތް ނިންމުމުގެ ރަސްމިއްތާތު ވަނީ ފާހަގަ ކޮށްފައެވެ. މިރަސްމިއްޔާތުގައި މުބާރާތުގެ ރެފްރީކަން ކޮށްދެއްވި ޢަބްދުލް ބަދީޢު އާއި ޢަބްދުލް ޢަޒޒަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ހިތާދޫގެ ކުރީގެ ފޯވާޑު މުހައްމަދު އަހްމަދެވެ. އަދި ފެއަރޕްލޭ ޓީމަށާއި ފަެިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަށްވެސް އިނާމު ހަވާލު ކޮށްދެއްވީ މުހައްމަދު އަޙްމަދެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ހުދުފޮށާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޓީމް ޔޫފޭސްއެވެ. ރަނަރއަޕް ޓީމަކީ ބަގޭސްއެވެ. މި މުބާރާތުގެ. މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ ޔޫފޭސްގެ މާހީ އިބްރާހިމް އާއި ބަގޭސްގެ މުހައްމަދު ޢަބްދުއްﷲ އާއި ޔޫފޭސްގެ ހުސެން ސާހިލް އާއި ބަގޭސްގެ ނަބީހު ޔައުގޫބު އަދި ޔޫފޭސްގެ ޔޫސުފް ޝާއިފެވެ. މި ވަނަތަކަށް އިނާމް ދެއްވީ ހިތާދޫގެ ކުރީގެ ގޯލް ކީޕަރ އަހުމަދު ޢަލީއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޔޫސްޓޯރ އެވެ. ކޯސްޕޮންސަރ އަކީ ލޮޓަސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ހިތާދޫ އޮންލައިން އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ އެމްސެންއެވެ. ޓްރަވަލް ޕާޓްނަރ އަކީ އެޓޯލްކިއުޓެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކަންމަތީ ކެފޭއެވެ. ޕާޓްނަރ އަކީ ހުދުފޮށާ ބިލްޑާސް އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :