ދެވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލިލީސްގެ ފިރުޝާނާ ނަސީރަށް ޓްރެފީ ދެނީ

ގޮއިދޫގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ފަށައިފި

ހިތާދޫ އޮންލައިން | 17ޑިސެންބަރ 2019





ބ. ގޮއިދޫ އަންހެނުންގެ ކޮމީޓީން އިންތިޒާމްކޮށްގެން މިއަހަރު އަލަށް ފަށައިގެން ކުރިއަށްގެންދާ ވިމެންސް ފުޓްސަލް ޗެލެންޖް 2019 ފަށައިފިއެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި ޗެލެންޖްގައި ހަ ޓީމު ވާދަކުރެ އެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ޖާޑީސް އާއި ޓީމް ޗަޑްސް އެވެ. ފުރަތަމަ ހާފް ނިމުނުއިރު 5-1 ން އެފްސީ ޖާޑީސް އިން ވަނީ ކުރިހޯދާފަ އެވެ. ނަމަވެސް ދެ ވަނަ ހާފްގައި ޗަޑްސް އިން ވަނީ އިތުރު 4 ލަނޑު ޖަހާފައެވެ. އަދި އެފްސީ ޖާޑީސްއިން ވެސް ދެވަނަ ހާފްގައި އިތުރު ލަނޑެއްވަނީ ޖަހާފައެވެ. މެޗްގެ ކާމިޔާބު ކުރީ 6-5 ން އެފްސީ ޖާޑީސް އެވެ.

މި މެޗްގައި އެފްސީ ޖާޑީސްގެ އައިޝަތު ރަޝީދާ ވަނީ އެ ޓީމަށް 5 ގޯލް ކާމިޔާބު ކޮށްދީފައެވެ. ދެން އެ ޓީމަށް ގޯލެއް ކާމިޔާބު ކޮށްދީނީ އަފްޒާއެވެ. އެފްސީ ޗަޑްސްއަށް ޝާނިޔާ ތިން ގޯލް ކާމިޔާބުކޮށްދިން އިރު، ޝައްފަ އަދި ޝިރުފާ މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކޮށްދިނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ޖާޑީސްގެ އައިޝަތު ރަޝީދާއެވެ.

ދެވަނަ މެޗްގައި ފެހެންދޫ ސްޕޯޓްސް ކުލަބާއި ލިލީސް ބައްދަލުކޮށް ލިލީސް ވަނީ 10-1 ން މެޗް ކާމިޔާބުކޮށްފައެވެ.

މި މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު 4-1 ން ކުރި ހޯދާފައިވަނީ ލިލީސްއެވެ. މެޗްގެ ދެވަނަ ހާފްގައި ލިލީސް އިން އިތުރު 6 ލަނޑު ޖެހި އިރު ފެހެންދޫ ސްޕޯރޓްސް ކްލަބަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

ކާމިޔާބުކޮށްދިން އިރު އަނެއް ހަތަރު ގޯލް ކާމިޔާބުކޮށްދިނީ އީމާން އެވެ. ފެހެންދޫ ސްޕޯޓްސް ކްލަބްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ މަރިޔަމް ނަދާ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލިލީސްގެ ފިރުޝާނާ ނަސީރު އެވެ.
ޚަބަރު: އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :