އަންޑަރ 14 ފުޓުސެލް ޗެލެންޖު ފަށައިފި

ހިތާދޫ އޮންލައިން | 13 ޑިސެންބަރ 2019





ހިތާދޫނޔޫތުވިންގ އިން އިންތިޒާމު ކޮށްގެން ބާއްވާ "އިންޑޯ މިލްކް އަންޑަރ 14 ފުޓުސެލް ޗެލެންޖި 2019" ފުޓުސެލް މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޔޫފޭސް އާއި ހުދުފޮށާއެވެ. މިމެޗު 13 ލަނޑު 3 ލަނޑުން މެޗު ކާމިޔާބު ކުރީ ޔޫފޭސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫފޭސްގެ މާހީއެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ވަރިހަމަ އާއި ބަގޭސްއެވެ. މި މެޗު 13 ލަނޑު 1 ލަނޑުން މެޗު ކާމިޔާބު ކުރީ ބަގޭސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަގޭސްގެ މުހައްމަދެވެ.

މާދަމާ ހަވީރުވެސް މި މުބާރާތުގެ ދެމެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔޫފޭސް އާއި ބަގޭސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހުދުފޮށާ އާއި ވަރިހަމައެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ ހޯމަދުވަހުގެ ހަވީރު 4:30 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޔޫސްޓޯރ އެވެ. ކޯސްޕޮންސަރ އަކީ ލޮޓަސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ހިތާދޫ އޮންލައިން އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ އެމްސެންއެވެ. ޓްރަވަލް ޕާޓްނަރ އަކީ އެޓޯލްކިއުޓެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކަންމަތީ ކެފޭއެވެ. ޕާޓްނަރ އަކީ ހުދުފޮށާ ބިލްޑާސް އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :