އަންޑަ 14 ފުޓުސެލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން ފޮޓޯ- ހިތާދޫ އޮންލައިން. ާ

މުބާރާތް ހުޅުވާ މެޗުގައި ހުދުފޮށާ އާއި ޔޫފޭސް

ހިތާދޫ އޮންލައިން | 12 ޑިސެންބަރ 2019

ހިތާދޫނޔޫތުވިންގ އިން އިންތިޒާމު ކޮށްގެން މާދަމާ ފަށާ "އިންޑޯ މިލްކް އަންޑަރ 14 ފުޓުސެލް ޗެލެންޖި 2019" ހުޅުވާ މެޗުގައި ހުދުފޮށާ އާއި ޔޫފޭސް ބައްދަލު ކުރަން ތާވަލު ކޮށްފިއެވެ.

ރޭ ހިތާދޫ ޔޫތުވިންގ ހޯލުގައި ބޭއްވި ގުރުނެގުމުން އެއްވަނަ ޓިމަކަށް ހޮވުނީ ޔޫފޭސް އެވެ. ދެވަނަ ޓީމަކަށް ހޮވުނީ ހުދުފޮށާ އެވެ. ތިންވަނަ ޓީމަކަށް ވަރިހަމަ ހޮވުނު އިރު ހަތަރުވަނަ ޓީމަކަށް ހޮވުނީ ބަގޭސްއެވެ.

މާދަމާގެ ފުރަތަމަ މެޗު ހަވީރު 4:00 ގައި ކުޅުމަށް ޝެޑިއުުލް ކޮށްފައި ވީއިރު ދެވަނަ މެޗު ކުޅޭނީ 4:50 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ވަރިހަމަ އާއި ބަގޭސްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ ހޯމަދުވަހުގެ ހަވީރު 4:30 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޔޫސްޓޯރ އެވެ. ކޯސްޕޮންސަރ އަކީ ލޮޓަސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ހިތާދޫ އޮންލައިން އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ އެމްސެންއެވެ. ޓްރަވަލް ޕާޓްނަރ އަކީ އެޓޯލްކިއުޓެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކަންމަތީ ކެފޭއެވެ. ޕާޓްނަރ އަކީ ހުދުފޮށާ ބިލްޑާސް އެވެ.

މިއީ ހިތާދޫ ޔޫތުވިންގ އިން ކުޑަކުދިންނަށް ބާއްވާ ތިންވަނަ މުބާރާތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :