ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވުން އޭދަފުއްޓާއި ދޮންފަނަށް

އަޙްސަން އަޙްމަދު | 23 ނޮވެމްބަރ 2019





ބ. ދޮންފަނު ޒުވާނުންގެ ރޫހުން އެ ރަށުގައި ކުރިއަށްގެންދާ ފޯރިގަދަ ފުޓުބޯޅަ މުބާރާތް “ދޮންފަނު އިންވިޓޭޝަން ކަޕް” ގެ 4 ވަނަ މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރާ ގޮތަށް ހަމަ ޖެހިއްޖެ އެވެ.

އަންނަ ޑިސެމްބަރު 1-14 އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު 7 ޓީމަކުން ވާދަކުރެ އެވެ. ދެގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގުރޫޕް ބީ ގައި ހިމެނެނީ ދޮންފަނު، ކެންދޫ، ދަރަވަންދޫ އަދި އޭދަފުށިއެވެ. ގުރޫޕް އޭ ގައި ހިމެނެނީ ކިހާދޫ، ގޮއިދޫ އަދި މާޅޮސްއެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނައަޕް ޓީމަށް 10،000ރ ވަނީ ހުށަހަޅައިފަ އެވެ.

ދޮންފަނު އިންވިޓޭޝަނަލް ކަޕް 2016 ވަނަ އަހަރު ކިހާދޫ ޗެމްޕިއަންކަން ހޯދި އިރު 2017 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ. މިދިޔަ އަހަރު ކިހާދޫ ބަލި ކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ އޭދަފުށިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :