އަންނަ އަހަރު މައި ކޮލެޖުން އޭދަފުށީގައި އާ ކޯސްތަކެއް ފަށަނީ

ހިތާދޫ އޮންލައިން | 18 ނޮވެންބަރ 2019

އަންނަ އަހަރު ޖެނުއަރީމަހު މައި ކޮލެޖު އޭދަފުށީ ކެމްޕަހުގައި އާ ކޯސްތަކެއް ތައާރަފްކުރަން ނިންމައި، ކުރިމަތިލާން ހުޅުވާލައިފި އެވެ.

އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނެއެވެ.

އެއީ ބިޒްނަސް މެނޭޖްމަންޓާއި ޓީޗިން އާއި ހިއުމަން ރިސޯސަސް އެކައުންޓިންގެ ދާއިރާގެ ކޯސްތަކެވެ. މީގެ އިތުރުން މުޅިން އަލަށް ޑިޕޮލްމާ އިން އޮފީސް މެނޭޖްމަންޓް ކޯހެއް ފެށުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ. މި ކޯހުގައި ކިޔަވައިދޭނީ ދިވެހި ބަހުންނެވެ.

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7900450 އާ ގުޅުމަށް މައި ކޮލެޖުން އެދެއެވެ.

މައި ކޮލެޖުގެ ކެމްޕަހެއް އޭދަފުށީގައި ހުޅުވީ 2016 ވަނަ އަހަރުއެވެ. މައިކޮލެޖު އޭދަފުށީ ކެމްޕަހުން 100 އަށްވުރެ ގިނަ ކުދިން މިހާރުވަނީ ތަފާތު ކޯސްތައް ފުރިހަމަކޮށްފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :