"އިންޑޯމިލްކު އަންޑަރ 14 ފުޓްސަލް ޗެލެންޖް 2019" ޑިސެމްބަރ 13 ގައި

އަޙްސަން އަޙްމަދު | 15 ނޮވެމްބަރ 2019

ހިތާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިތާދޫ ޔޫތުވިންގ އިން ބައްވާ ތިންވަނަ "އިންޑޯމިލްކު އަންޑަރ 14 ފުޓްސަލް ޗެލެންޖް 2019" ޑިސެމްބަރ 13 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މި އަހަރު މި މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ބަގޭސް، ޔޫ ފޭސް، ވަރިހަމަ، ހުދުފޮށާ އަދި ބަރާބަރުއެވެ.

ހިތާދޫ ޔޫތުވިންގ އިން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުޞަދަކީ ހިތާދޫގެ ކުޑަކުދިންނަކީ ދުޅަހެޔޮ ހުނަރުވެރި ކުޅުންތެރިންތަކަކަށް ހެދުންކަމަށާއި މި އުމުރު ފުރާގެ ކުދިންނަށް މިފަދަ ފުރުޞަތު ލިބެނީ ވަރަށް މަދުން ކަމަށް ވާތީއާއި ސްކޫލު ޗުއްޓީ ދުވަސްތައް ރަނގަޅުގޮތައި ހޭދަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އިންޑޯމިލްކުއެވެ. ކޯސްޕޮންސަރ އަކީ ލޮޓޮސް ފިހާރައެވެ. ޓްރަވަލް ޕާޓްނަރ އަކީ އެޓޯލް ކިއުޓްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ އެމެސެވަން ޕްރިންޓްއެވެ. ކޭޓްރިން ޕާޓްނަރ އަކީ ކަންމަތި ކެފޭއެވެ. ޕާޓްނަރ ގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުދުފޮށާ ބިލްޓާސް އެވެ. މީޑިއާ ޕާޓްނަރ އަކީ ހިތާދޫ އޮންލައިން އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :