ސަތަރި ޓީމް

ކިހާދޫ ކައުންސިލް ދެވަނަ ފުޓްބޯޅަ ޓޯނަމެންޓް 2019: "ސަތަރި ޓީމް" ޗެމްޕިއަންކަން ހޯދައިފި

އަޙްސަން އަޙްމަދު | 15 ނޮވެމްބަރ 2019





ބ.ކިހާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ " ކިހާދޫ ކައުންސިލް ދެވަނަ ފުޓްބޯޅަ ޓޯނަމަންޓް 2019" ގެ ޗެމްޕިއަންކަން ސަތަރި ޓީމް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސަތަރި ޓީމް ޗެމްޕިއަންކަން ހޯދީ ބަތްޕޮޅި ޓީމް 1 0 ބަލިކުރުމަށްފަހުއެވެ. މި ލަނޑު ސަތަރި ޓީމް އަށް މެޗުގެ 35 މިނެޓްގައި ކާމިޔާބު ކޮށްދިނީ ފައިނަލް މެޗު ގެ މޮޅު ކުޅުން ތެރިޔާގެ މަގާމުވެސް ހޯދި އިކްލީލް އެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ ބަތްޕޮޅި ޓީމްގެ އަލީ ނާޖިހް އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުން ތެރިއަކީ ދޯކާ ޓީމްގެ ޔާސިރު އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބަތްޕޮޅި ޓީމްގެ އަނަސް ހޯދިއިރު މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބަތްޕޮޅި ޓީމްގެ އަހުމަދު މަމްދޫހްއެވެ. މުބާރާތުގެ ފެއަރޕްލޭޓީމް އަކީ މާހޯރަ އެވެ.

ބ.ކިހާދޫ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ކިހާދޫގެ ރައްޔިތުންނަށް ފުޓްބޯޅަ ކުޅުމުގެ މަގުފަހިކޮށްދިނުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ރަށުފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުޅޭނެ ޤާބިލު ކުޅުން ތެރިންތަކެ އުފެދުމާއި ރައްޔަތުންގެ މެދުގައި އެކުވެރިކާމާ އެއްބައިވަންތަކަން އާލާކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :