ބަތްޕޮޅި ޓީމް

ގަދަފަދަ ކެޓަގަރީ ބަލިކޮށް ބަތްޕޮޅި ފައިނަލަށް !

އަޙްސަން އަޙްމަދު | 11 ނޮވެންބަރ 2019

ބ. ކިހާދޫގައި މިހާރު ކުރިއަށްދާ ކިހާދޫ ކައުންސިލުގެ " ކިހާދޫ ކައުންސިލް ދެވަނަ ފުޓްބޯޅަ ޓޯނަމަންޓް 2019" ދެވަނަ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން 4 ލަނޑު 2 ލަނޑުން މޮޅުވެ ބަތްޕޮޅި ޓީމު ފައިނަލަށް ހިނގައްޖެއެވެ.

ބަތްޕޮޅި ޓީމު ފައިނަލަށް ދިޔައީ މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވާ ގަދަފަދަ "ކެޓަގަރީ" އާއި އެކު މިއަދު ކުޅުނު ސެމީ ފައިނަލަުގެ ފުރަތަމަ މެޗުގައި 1،1 އެއްވަރުވެ ޕެނަލަްޓީ ޖަހައިގެން މެޗު ކާމިޔާބު ކޮށްގެްންނެވެ.

ބައްޕޮޅި ޓީމަށް ކާމިޔާބު ކޮށްދިން ފުަރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ އަނަސް މުޙައްމަދެވެ. ކެޓަގަރީގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ އިބްރާހިމް އަފްސަލެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުގެން ނަތީޖާ ނެރުމަށް ބަތްޕޮޅި ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމޔާބު
.ކޮށްފައެވެ. ކެޓަގަރީއަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަތްޕޮޅި ޓީމުގެ އަލީ ނާޖިހެއެވެ.

މިމުބާރާތުގައި ސެމީގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ "ސަތަރި" އާޢި " ދޯކާ" އެވެ.

ބ.ކިހާދޫ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ކިހާދޫގެ ރައްޔިތުންނަށް ފުޓްބޯޅަ ކުޅުމުގެ މަގުފަހިކޮށްދިނުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ރަށުފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުޅޭނެ ޤާބިލު ކުޅުން ތެރިންތަކެ އުފެދުމާއި ރައްޔަތުންގެ މެދުގައި އެކުވެރިކާމާ އެއްބައިވަންތަކަން އާލާކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :