އަންޑަރ 16 ފުޓުސެލް މުބާރާތުގ ޗެމްޕިއަން ޓީމް

"އިންޑޯމިލްކު އަންޑަރ 14 ފުޓްސަލް ޗެލެންޖް 2019" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި.

އަޙްސަނު އަޙްމަދު | 04 ނޮވެންބަރ 2019





ހިތާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިތާދޫ ޔޫތުވިންގ އިން ބައްވާ "އިންޑޯމިލްކު އަންޑަރ 14 ފުޓްސަލް ޗެލެންޖް 2019" ފުޓްސަލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ އެޖަމިއްޔާއިން ކޮންމެ އަހަރުވެސް ބާޢްވަމުން އަންނަ ހިތާދޫ ޔޫތުކަޕް ފުޓުސެލް މުބާރާތުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށް އެކަންޏެވެ.

މި ނޮވެމްބަރ މަހުގެ 21 ގައި ފެށުމަށް "ގަސްތު" ކުރެވުފައިވާ މި މުބާރާތުގައި ވާދަކުރަން އެދޭ ޓީމުތަކުން ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ޖަމިއްޔާގެ އޮފީހަށް ހުށައެކުމަށް ހިތާދޫ ޔޫތުވިންގ އިން ބުނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 7 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 އިން 21:30 އަށް އެ ޖަމިއްޔާގެ އޮފީހުންނެވެ.

ހިތާދޫ ޔޫތުވިންގ އިން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުޞަދަކީ ހިތާދޫގެ ކުޑަކުދިންނަކީ ދުޅަހެޔޮ ހުނަރުވެރި ކުޅުންތެރިންތަކަކަށް ހެދުންކަމަށާއި މި އުމުރު ފުރާގެ ކުދިންނަށް މިފަދަ ފުރުޞަތު ލިބެނީ ވަރަށް މަދުން ކަމަށް ވާތީއާއި ސްކޫލު ޗުއްޓީ ދުވަސްތައް ރަނގަޅުގޮތައި ހޭދަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :