ކިހާދޫ ކައުންސިލު ފުޓުބޯޅަ މުބާރާތުގެ މެޗެއް

ކިހާދޫ ކައުންސިލްގެ ދެވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

އަޙްސަނު އަޙްމަދު | 03 ނޮވެންބަރ 2019

ބ. ކިހާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ " ކިހާދޫ ކައުންސިލް ދެވަނަ ފުޓްބޯޅަ ޓޯނަމަންޓް 2019" ދެވަނަ ފުޓުބޯޅަ މުބާރާތް ހުކުރު ދުވަހު ފަށައިފިއެވެ.

ބ.ކިހާދޫގައި ފެށި މިމުބާރާތުގައި ޖުމުލަ ފަސްޓީމް ވާދަކުރެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސަތަރި އާއި ކެޓަގަރީއެވެ. މިމެޗު 2 0 ކާމިޔާބުކުރީ ކެޓަގަރީޓީމްއެވެ. ފުރަތަމަ ގޯލު ސިދުގީ ކާމިޔާބުކޮށްދިން އިރު ފަހު ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅުކުޅުން ތެރިޔާގެ މަގާމު ހޯދި ހުސައިން އީމާނުއެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު ގައި ބައްދަލު ކުރީ ބައްޕޮޅި ޓީމް އާއި ދޯކާ ޓީމް އެވެ. މި މެޗު ފޯރި ގަދަ ކުޅުމަކައްފަހު 4 3 ކުން މެޗު ކާމިޔާބު ކުރީ ޓީމް ދޯކާއެވެ. މިމެޗުގެ މޮޅު ކުޅުން ތެރިޔަކަ ހޮވިފައި ވަނީ ދޯކާ ޓީމްގެ ޔާސިރުއެވެ.

މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެވެސް ކޮންމެ ޓީމް އަކާ ކުޅެގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމް ސެމީގައި ކުޅޭގޮތަށެވެ. ސެމީގައި އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމް ބައްދަލް ކުރަށް ޖެހޭނީ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމާއެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމް ބަދަލް ކުރަށް ޖެހޭނީ ހަތަރުވަނަ ޓީމްއާއެވެ.

ނޮވެމްބަރ 1 ކުން ނޮވެމްބަރ 14 ކުރިއަށް ދާ މިމުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ސަތަރި ، ކެޓަގަރީ، ބަށްޕޮޅި، ދޯކާ އަދި މާހޯރައެވެ. ހަވީރު 16:00 ގައި މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަ ޖެހިފައިވާއިރު މިއަދުގެ މެޗުގައި ބައްދަލް ކުރާނީ މާހޯރަ އާއި ސަތަރިޓީމްއެވެ.

ބ.ކިހާދޫ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ކިހާދޫގެ ރައްޔިތުންނަށް ފުޓްބޯޅަ ކުޅުމުގެ މަގުފަހިކޮށްދިނުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ރަށުފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުޅޭނެ ޤާބިލު ކުޅުން ތެރިންތަކެ އުފެދުމާއި ރައްޔަތުންގެ މެދުގައި އެކުވެރިކާމާ އެއްބައިވަންތަކަން އާލާކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :