ކިހާދޫ ކައުންސިލްގެ ދެވަނަ ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ފަށަނީ

އަޙްސަނު އަޙްމަދު | 29 އޮކްޓޯބަރ 2019





ބ.ކިހާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ " ކިހާދޫ ކައުންސިލް ދެވަނަ ފުޓްބޯޅަ ޓޯނަމަންޓް 2019" ނޮވެމްބަރ 1 ގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ހަމައެކަނި ކިހާދޫ ޓީމްތަކައް ބައިވެރިވެވޭ މިމުބާރާތުގައި ޖުމުލަ ފަސްޓީމް ވާދަކުރާއިރު މުބާރާތް ކުރިޔަށް ދާނީ ކިހާދު ފުޓްބޯޅަ ދަނޑުގައެވެ. ކޮންމެ ޓީމްއަކަށްވެސް ރަށުން ބޭރު ތިން ކުޅުން ތެރިން ޓީމްގައި ހިމެނޭއިރު އެއްފަހަރާ ތިން ކުޅުން ތެރިނަށް ކުޅެންވެސްއެރޭނެވެ.

މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެވެސް ކޮންމެ ޓީމް އަކާ ކުޅެގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމް ސެމީގައި ކުޅޭގޮތަށެވެ. ސެމީގައި އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމް ބައްދަލް ކުރަށް ޖެހޭނީ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމާއެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމް ބަދަލް ކުރަށް ޖެހޭނީ ހަތަރުވަނަ ޓީމްއާއެވެ.

ނޮވެމްބަރ 1 ކުން ނޮވެމްބަރ 14 ކުރިއަށް ދާ މިމުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ސަތަރި ، ކެޓަގަރީ، ބަށްޕޮޅި، ދޯކާ އަދި މާހޯރައެވެ. ހަވީރު 16:00 ގައި މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަ ޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލް ކުރާނީ ސަތަރި އާއި ކެޓަގރީއެވެ.

ބ.ކިހާދޫ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ކިހާދޫގެ ރައްޔިތުންނަށް ފުޓްބޯޅަ ކުޅުމުގެ މަގުފަހިކޮށްދިނުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ރަށުފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުޅޭނެ ޤާބިލު ކުޅުން ތެރިންތަކެ އުފެދުމާއި ރައްޔަތުންގެ މެދުގައި އެކުވެރިކާމާ އެއްބައިވަންތަކަން އާލާކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :