ކަމަދޫ ކައުންސިލުގެ އިދާރީ މުވައްޒަފުން ރަތައް އަރައިފި!

ހިތާދޫ އޮންލައިން | 24 އޮކްޓޯބަރ2019

ބ. ކަމަދޫގައި ޢީދުކުޅިވަރު ކުޅެން ސްޓޭޖު އަޅަން ތަކެތި ހިލޭ ލިބިފައި ވަނިކޮށް އެތަކެތި ބޭނުންކޮށް އެއީ ސްޓޭޖު އަޅައި އަމިއްލަ ތަކެތީގައި ސްޓޭޖު އެޅިކަން ފަޅާއެރުމުން ކަމަދޫ ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުން ރަތައް އަރައިފިއެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާގޮތުން ކަމަދޫގައި ސްޓޭޖު އެޅުމުގެ މަސައްކަތަށް 150760 ރުފިޔާ ވަނީ ކައުންސިލުން ބޭރު ކޮށްފައެވެ. ނަމަވެސް މި މަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލު ކޮށްފައިވަނީ 60000 ރުފިޔާއަށްކަމަށް އެރަށު ރައްޔިތުންދަނީ ބުނަމުންނެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވީ މިއީ އިދާރީ މުވައްޒަފުން ހިންގި ބޮޑު ޖަރީމާއެއްކަމަށާއި މި މައްސަލަ ބަލައި ދުނުމަށް އެދުމުން އިއްޔެ ފުލުހުން އެކައުންސިލުގައި ހަރަކަތްތެރިވިކަމަށެވެ.

" ބާކީވާ މި ނޭނގޭ 90000 ރުފިޔާއަށް ވީގޮތެއް ހޯދެން ޖެހޭނެ. ޛިންމާވާން ޖެހޭ ބަޔަކުވެސް ވާންޖެހޭނެ" ރައީސް ސާޖިދު ވިދާޅުވިއެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވީ ބ. ކަމަދޫ ކައުންސިލުގެ އިދާރީ މުވައްޒަފުން ހިންގާފައިވާ ޚިޔާނާތުގެ މި މިައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ވާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :