ކިހާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހައިމާ ހޮވިއްޖެ

ހިތާދޫ އޮންލައިން | 18 އޮކްޓޯބަރ 2019





ބ. ކިހާދޫ ސްކޫލުން 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެއްވަނަ އެރަށު ފާތުމަތު ހައިމާ ހާރޫން ރޭ ހޮވައިފި އެވެ.

ހުސްވި ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގައި ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ހަފުލާގައި ހާއިމާއަށް އިނާމު ހަވާލުކޮށްދެއްވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޥަން (އެންއައިއީ)ގެ އެޑިޔުކޭޝަން އޮފިސަރު އަހްމަދު ހަލީމެވެ.

ހައިމާ ވަނީ އޯ ލެވެލްގައި ހަތަރު މާއްދާއިން އޭ ސްޓާ އާއި ހަތަރު މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ 10ގެ ފަސް ވަނައިގައި ހިމެނިފަ އެވެ. ސީއެޗްއެސްއީގައި ގްރޭޑް 11 ކިޔަވަމުން އަންނަ ހާއިމާ އަކީ ކިހާދޫ ސްކޫލުގެ މިދިޔަ އަހަރު ކެޕްޓަން ވެސް މެ އެވެ.

މިދިޔަ އަހަރު ސްކޫލުގެ އެކި ހަރަކާތްތަކާއި މުބާރާތްތަކުން ވަނަ ހޯދި ދަރިވަރުންނަށް ރޭ ސެޓްފިކެޓާއި އެވޯޑު ދީފައި ވެ އެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :