ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ

ބ. ހިތާދޫގައި ފުޓުސެލް ދަނޑު އަޅަން ބަޔަކާއި ހަވާލު ކޮށްފި

ހިތާދޫ އޮންލައިން | 17 އޮކްޓޯބަރ 2019





ބ. ހިތާދޫގައި ފުޓުސެލް ދަނޑު އަޅަން ކުންފުންޏަކާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހަވާލު ކޮށްފިއެވެ.

ބ. ހިތާދޫގެ އިތުރުން ދަނޑު އެޅުމަށް ހަވާލުކޮށްފައިވާ ރަށްތަކަކީ ރ. އިންނަމާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫއެވެ.

ރ. އިންނަމާދޫ އަދި ބ. ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޯޕައިން އިންވެސްޓްމެންޓް އާ ހަވާލުކުރީ ކޮންމެ ދަނޑެއްގެ މަސައްކަތް ވެސް 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހަމައެހެންމެ ތ. ކިނބިދޫ ދަނޑުގެ މަސައްކަތް އޭއައި އިންވެސްޓްމެންޓާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު ނ. މިލަދޫ ދަނޑުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ސަން ބްރަދަރއާއެވެެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަހުލޫފްއެވެ. ކޯޕައިން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާމް ސޮއިކުރެއްވިއިރު އޭއައި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސަން ބްރަދަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިރުޝާދެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 21 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރެވެމުން އަންނައިރު އޭގެ ތެރެއިން ބައެއް ދަނޑުތައް ވަނީ ނިމިފައެވެ. ހަމައެހެންމެ މިނިސްޓްރީއިން ޚަރަދުކޮށްގެން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފުޓްސަލް ދަނޑުތައް އަޅަމުންނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ބޮޑު ވައުދެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :