އެމްޑީއެން ރިޕޯޓުގެ ބޭރުގަނޑު

އެމްޑީއެންގެ ރިޕޯޓް އޭދަފުއްޓާއި ކިހާދޫ ކައުންސިލުން ކުށްވެރިކޮށްފި

ހިތާދޫ އޮންލައިން | 17 އޮކްޓޯބަރ 2019

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އިސްލާމްދީނަށް ފުރައްސާރަކޮށް، ނެރުނު ރިޕޯޓް ކުށްވެރިކޮށް ބ. ކިހާދޫ ކައުންސިލުންނާއި ބ. އޭދަފުށީ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

މިދެކައުންސިލުން ވަކިވަކިން ނެރުނު ދެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ، ރަސޫލާއަށް ހުތުރުގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން ރަށުގެ ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި އެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނާ ނައްޞުތަކުން ސާބިތުވާ ކަންކަން ކަނޑައެޅިގެން އިންކާރުކޮށްފައިވުމަކީ މުސްލިމުންގެ ގޮތުގައި ތިބެ އެޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ އަމަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ވަނީ ވީހާއަވަހަށް އެ ޖަމިއްޔާއާއި ދޭތެރޭ ލަސްނުކޮށް ފިޔަވަޅު އެޅުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލާފަ އެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :