ރަށްރަށަށް އެމްބިއުލެންސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޭދަފުއްޓާއި ދަރަވަންދޫއަށް ޕެރަމެޑިކަލް އެންބިއުލަންސް ހަވާލު ކޮށްފި

ހިތާދޫ އޮންލައިން | 12 އޮކްޓޯބަރ 2019

ގައުމީ އެމްބިއުލާންސް ވިއުގައެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބ. އޭދަފުއްޓަށާއި ދަރަވަންދޫއަށް މިއަދު ޕެރަމެޑިކް (އެމްބިއުލާންގެ ތެރޭގައި އަވަސް ފަރުވާ ދެވޭ ގޮތަށް) ގޮތަށް ހުންނަ އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.

25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކުރި 25 އެމްބިއުލާންސްގެ ތެރެއިން 21 އެމްބިއުލާންސަކީ ޖަޕާނުން ހަދިޔާކުރި ޕެރަމެޑިކް އެމްބިއުލާންސްތަކެވެ.

ިމީގެ އިތުރުން މިރަސްމިއްޔާތުގައި މިއަތޮޅުގައި މިހާތަނަށް އެއްގޮތަކަށް ވެސް އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ފުޅަދޫ، ފެހެންދޫގެ އަދި ކިހާދޫ މިތިން ރަށަށް ވަނީ އެންބިއުލާންސް ހަވާލު ކޮށްފައެވެ.

އެމްބިއުލާންސްތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ ރަސްމިއްޔާތުގައި ރަށްރަށުގެ މަންދޫބުންނާ އެމްބިއުލާންސް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ކެއިކޯ ޔަނާއީ އާއި އަމީން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

ހެލްތު މިނިސްތްރީން ބުނި ގޮތުގައި މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ހުރިހާ ރަށަކަށް މިހާރު އެމްބިއުލާންސް ހަމަވާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :