ހިތާދޫ ހެލްތު ސެންޓަރުން މެންޓަލް ހެލްތު ޑޭ ފާހަގަ ކޮށްފި

ހިތާދޫ އޮންލައިން | 12 އޮކްޓޯބަރ 2019

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ހިތާދޫ ހެލްތު ސެންޓަރުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ހިތާދޫ ސިއްހީ މަރުކަޒުން ބުނީ ވޯލްޑް މެންޓަލް ހެލްތު ޑޭ ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ. އަތޮޅު ފެމެލީ ސެންޓަރ އަދި ހިތާދޫ ސްކޫލު ގުޅިގެން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގާފައިވާކަމަށެވެ.

މި ޕްރޮގްރާމުގައި ހިތާދޫ ސްކޫލް ދަރިވަރުންނާ ބެލެނިވެރިންނާ ޓީޗަރުންނަށް ސެޝަން ނަގައިދީފައިވާ ކަމަށާއި މި ސެޝަން ތަކުގައި މަޢްލޫމާތު ދެއްވީ ފުލުހުންނާއި ފެމިލީ ސެންޓަރުގެ ތަޖުރިބާ ކާރުންކަމަށް ހިތާދޫ ހެލްތު ސެންޓަރުން ބުނެއެވެ.

ހިތާދޫ ހެލްތު ސެންޓަރުން ބުނީ މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށާއި އޭދަފޫށީ ޕޮލިސް ސްޓޭޝަނާއި ބ. އަތޮޅު ފެމިލީ ސެންޓަރ އަދި ހިތާދޫ ސްކޫލުން ވެދެއްވި އެހީތެރިލަމާ އެއްބާރު ލެއްވުމަށް އެފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :