ކިހާދޫ ކައުންސިލުން ޔޫތު މިނިސްޓަރ މަހުލޫފާއި ބައްދަލު ކުރަނީ ފޮޓޯ- ކިހާދޫ ކައުންސިލް

ކިހާދޫ ކައުންސިލުން ޔޫތު މިނިސްޓަރާ ފެނަކަ ވެރިންނާ ބައްދަލު ކޮށްފި

ޢާމިރު ޢަބްދުއްލަތީފު | 12 އޮކްޓޯބަރ 2019





ބ. ކިހާދޫ ކައުންސިލުން ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފާއި ބައްދަލު ކުރައްވައިފިއެވެ.

ބުރާސްަފަތި ދުވަހު ބޭއްވި މިބައްދަލު ވުމުގައި ކިހާދޫގެ ތަރައްްޤީއަށް ރޭވިފައިވާ އަދި ރައްޔިތުންނާއި ޒުވާނުންނަށް ބޭނުންވާ ކަންކަމުގެ މަޢްލޫމާތު ވަނީ ޔޫތު މިނިސްޓަރާއި ޙިއްޞާ ކޮށްފައެވެ.

ކިހާދޫ ކައުންސިލުގެ ރައީސް ފަޒީލު ވިދާޅުވީ ޔޫތު މިނިށްޓަރާއި ފެނަކައިގެ ވެރިަންނާ ބައްދަލު ކުރެއްވިކަމަށާއި މި ދެބައްދަލުވުމަކީވެސް ވަރަށް ކާމިޔާބު ބައްދަލުވުން ތަކެއްކަަމަށެވެ. މިބައްދަލުވުންތަކަަކީ ކިހާދޫގެ ރައްޔިތުނަށް އުންމީދު އާވެގންދިޔަ ބައްދަލުވުންތަކެއް ކަމަށެވެ.

ފަޒީލު ވިދާޅުވީ ކިހާދޫ ކުޑަކުދިންގެ ޕާކު ޕްރޮޖެެކްޓާއި ކައުންސިލުގެ ފުޓުބޯޅަ މުބާރާތާއި ފުޓުސެލް ދަނޑު މަރާމާތު ކުރުމަށް އެހީތެރިވެ ދެއްވާނެ ކަަމަށް ޔޫތު މިނިސްޓަރ ވިދާޅުވިކަމަށާއި އިންޖީނުއިން އުފައްދާ ކަރަންޓުގެ ކެޕޭސިޓީ ބޮޑުކުރުމާއި އަލަށް އާބާދުވާ ސަރަހައްދު ތަކަށް ނެޓުވޯކު ފުޅާކޮށްދިނުމާއި އިންޖީނުގޭގެ ވަށާ ފާރުރޭނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުންގެ ބޭފުޅުން ވިދާޅުވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :