ފައިބުރިވި މީޙާ ގެންދިޔަ ލޯންޗު ހަލާކުވެގެން ކޯސްޓު ގާޑުން އެހީތެރި ވެއްޖެ

ހިތާދޫ އޮންލައިން | 09 އޮކްޓޯބަރ 2019





ފީނަން ގޮސް އުޅުނު މީހެއްގެ ގައިގާ ލޯންޗެއްގެ ބުރަފަތިން ޖެހި އެމީހާގެ ފައި ބުރިވެގެން މާލެ ގެންިޔަ ލޯންޗު އިންޖީނު ހަލާކުވެގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.

އުނގޫފާރު ރީޖަނަލު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލި ލޯންވު އިންޖީނު ހަލާކުވެގެން މިރޭ ވަނީ ބ. ކަމަދޫ ބަނދަރަށް ވައްދާފައެވެ.

އެމްއެންޑީއެފު ކޯސްޓުގާޑު އެހީގައި މިހާރު އެމީހާ ވަނީ މާލެ ފުރުވާލާފައެވެ.

ފައި ބުރިވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްގެ އެވެ. ފުލުހުން ބުނެފައިވަނީ ރ. އަތޮޅު ނެލު (ފަޅުރަށެއް) ގެ އިރުމަތީ ފަރާތު އުރަފަށް ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގައިގާ، ދުއްވާފައިދިޔަ ޑިންގީއަކުން ޖެހި ޒަހަމްވެފައިވާކަމުގެ ރިޕޯޓް މިއަދު ހަވީރު 4:00 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.

މި ހާދިސާގައި އޭނާގެ އެއް ފައި ބުރިވެފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދީފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :