ކަމަދޫ ސްކޫލުގެ 2018 ވަނަ އަހަުގެ މޮޅު ދަރިވަރު ޝައިފާން

ބ. ކަމަދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ޝައިފާން

ހިތާދޫ އޮންލައިން | 06 އޮކްޓޯބަރ 2019

ބ. ކަމަދޫ ސްކޫލުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ޝައިފާން ސަޢީދު ހޮވިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބ. ކަމަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރަށް ސެޓްފިކެޓާއި ޝީލްޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ބ. ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދެވެ.

ކަމަދޫ ސްކޫލުން 2018 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަހްމަދު ޝައިފާން ސައީދުގެ މަންމަ ސަހުލާ ބުނީ ޝައިފާން އަކީ ވަރަށް ބަސްއާ ކިޔަމަންތެރި ކުއްޖެއްކަމަށާއި އެއީ މައިންބަފައިންގެ ބަސްއެހުމުގެ ހެޔޮ ނަތީޖާކަމަށެވެ.

"ބުނަންވެސް ނޭނގޭހާ އުފާވި ޝައިފާނަށް ކިޔަވާދެއްވި އެންމެހާ ޓީޗަރުންނަށާއި މެނޭޖުމަންޓަށް ހިތުގެ އެންމެ ފުންމިނުން އުޚްލާސްތެރި ޝުކުރު ދަންނަވަން"

ދަރިވަރުންނާ ބެލެނިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހުމާނު ވިދާޅުވީ މިއީ މުޅި އަހަރު ދުވަސް ތެރޭގައި ބުރަ މަސައްކަތްކޮށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ބައެއް ކުދިންނަށް އާދެވުނު ދުވަސކަމަށާއި އަދި ނާކާމިޔާބީ ލިބުނު ކުދިންނަށްވެސް ހިތްވަރު އާކޮށް ކުރިޔަށް ދިއުމަށް ފުރުސަތު ލިބުނު ދުވަސްކަމަށެވެ.

މިއަދުގެ މި މުހިންމު މުނާސަބަތުގައި އެންމެހާ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް ހިތުގެ ފުންމިނުން ޝުކުރާ މުބާރިކުބާދީ އަރިސްކުރައްވާކަމަށާއި ނާކާމިޔާބީގައި ހިތްވަރު ކުރުމަށް އެންމެހާ ދަރިވަރުންނަށް ނަސޭހަތްތެރިވެލައްވާ ކަމަށެވެ.

"އަދުގެ މި މުނާސަބަތުގައި އަޅުގަނޑު ތި އެންމެހާ ބޭފުޅުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ، އަދި މެސެޖަކީ، މިއަހަރު ކައުންސިލުން މަސައްކަތް ކުރަމުން މި ގެންދަނީ، ކައުންސިލްގެ މި ދައުރަކީ މުޅި މިރަށުގެ މުޖުތަމަޢަށް އަދި ސްކޫލަށް އެންމެ ފައިދާ ކުރާނޭ އަހަރެއް ކަމުގައި ހެދުމަށް ކައުންސިލާއި ސްކޫލް އަތުކުރި އޮޅާލަން ނިންމާފައި ވާ ވާހަކަ. މިގޮތުން ބެސްޓް އޯލް ރައުންޑަށް މިލްކުވާ އަގުހުރި ތަރިކައިގެ އިނާމާއި، ފައިސާގެ އިނާމް ދިނުމާ، ޢުމްރާނީ ގޮތުން އެހީތެރިވެ ދިނުމާ، މަދުވެގެން 5 ކްލާސްރޫމް އޭސީކޮށް ދިނުމަށް ކަނޑައަޅާފައި ވާ ވާހަކަ" ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ގާތުން ބައްލަވައި ދެމެހެއްޓެނިވި އެހީތެރިކަން ސްކޫލަށް ފޯރުކޮށް ދިނުމީ ކައުންސލިގް ޒިންމާއެއްކަމުގައި ދެކިލައްވާކަމަށެވެ. މީގެ އިތުރުން އިޖުތިމާޢީ ގޮތުން ރަށަށް ގިނަގުނަ ކަންތައްތަކެއް ކޮށްދިނުމަށް ރާވާފައި ވާކަމަށާއި އެގޮތުން، މަސްތުވާ ތަކެތީގެ މައްސަލަތައް ހައްލުކޮށް ދިނުމަށް ގިނަގުން މަސައްކަތް ތަކެއް ސަރުކާރުގެ ކަމާއި ބެހޭފަރާތްތަކާއި ގުޅިގެން ކުރުމާ، ރަށުގައި ޕިކްނިކް އޭރިޔާއެއް ޑިވެލޮޕް ކުރުމާ، ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ކުޅިވަރު ސާމާން ގެނައުމާއި މިކަންކަން ޢަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދާނެކަމަށެވެ.

ބ. ކަމަދޫ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޝައިފާންއަށާއީ ރަންވަނަތަށް ހޯދި ދަރިވަރުންނަށް ހިތާދޫ އޮންލައިން ޓީމުން މަރުހަބާ ދަންނަވަމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :