ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަސަދު ކަމަދޫގައި

ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަސަދު ކަމަދުއަށް ވަޑައިގެންފި

ހިތާދޫ އޮންލައިން | 04 އޮކްޓޯބަރ 2019





މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޕަވަރ މަންޓުގެ ސްޓޭޓު މިނިސްޓަރ އަސަދު ޢަލީ ބ. ކަމަދުއަށް ވަޑައިގެންފިއެވެ.

ބުދަ ދުވަހު ސްޓޭޓު މިނިސްޓަރ ބ. ކަމަދުއަށް ކުރެއްވި މި ދަތުރުފުޅަކީ ކަމަދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ގެ ަަަަަަަަަަަަަަަަަަަަަަަަަަުރިއަށް ގެންދިޔަ ފުތުސެލް މުބާރާތް ނިކުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަހްމަދު ސާޖިދު ވިދާޅުވީ ސްޓޭޓު މިނިސްޓަރުގެ ދަތުރުފުޅުގައި ކުއުންސިލާއި ރަށުގެ ޒުވާނުންނާއި ބައްދަލު ކުރަށްވައި ވަރަށް އުންމީދީ ތަރައްގީގެ ތަސއްވުރެއް ހިއްސާ ކުރެއްވިކަމަށެވެ.

" ސްޓޭޓު މިނިސްޓަރ އަޅުގަނޑު މެންނަށް ވަރަށް ބޮޑު އުންމީދެއް ދެއްވައިފި. ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ކަމަދޫގެ ލޮބުވެތި ރައްޔިތުންނަށް ހިތް އެދޭފަދަ މަޝްރޫޢުތަކެއް ފެނިގެންދޭނެ " ރައީސް ސާޖިދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިސްޓަރަށް މެހްމާން ދާރީ އަދާ ކޮށްދެއްވުމަށް ރައްޔިތުން ދެއްވި އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވާކަމަށެވެ. ޚާއްޞަކޮށް ޔުނިވާސަލް މިލައިދޫ ރިޒޯޓުން ދަތުރުފުޅުގެ ކަންކަން ހަމަޖައްސަވައި ދެއްވުމާއި ދެއްވެވި ވިީއައިޕީ ސާވީސްއަށް ވަރަށް ބޮޑަށް ޝުކުރު.ދަންނަވާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :