އަހުސަނު އަހުމަދު | އޮކްޓްބަރ 2019 2
ބ.ކަމަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ދަ ހޯކްސް ފުޓްސަލް ޓޯނަމެންޓް 2019 " ގެ ޗެމްޕިއަންކަން މެޗަކުން ބަލިނުވު ކުލަބް ދި ފުރެންޑްސް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކުލަބް ދި ފުރެންޑްސް ޗެމްޕިއަންކަން ހޯދީ އެފްޓީ ފަލްކޮން 3 11 ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗު ގެ މޮޅު ކުޅުން ތެރިޔަކަށް ހޮވިފައިވަނީ ކުލަބް ދި ފުރެންޑްސް ގެ ހާފިޒު އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރިނަށް ހޮވިފައި ވަނީ ކުލަބް ދި ފުރެންޑްސް ގެ ޝަފުރާޒު އާއި ކުލަބް ދި ފުރެންޑްސް އަލީ ހާފިޒު އާއި ހަމަ އެޓީމްގެ އާސިމް ގެއިތުރުން އެފްސީ ރިއަލް ގެ ހުސެއިން ޝަރީފް އަދި އެފްޓީ ފަލްކޮންގެ ހުސެއިން އީމާނުއެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަ ހޮވިފައިވަނީ ކުލަބް ދި ފުރެންޑްސްގެ އަޒީމް (ލޯންޑޭ)އެވެ.
ބ.ކަމަދޫ ފުޓްބޯޅަ ދަނޑު ގައި ކުރިޔައަށް ގެންދިޔަ މި މުބާރާތުގައި ޖުމުލަ 6 ޓީމު ވާދަކުރިއެވެ. ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ދިންއިރު ރަންނަރ އަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީދީފައެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަހޯކްސްއެވެ. ކޯސްޕޮންސަރ އަކީ ޑައުން އިންވެސްޓްމެންޓެވެ. ޓްރަވަލް ޕާޓްނަރ އަކީ ރޯދި ލައުންޗެވެ. ޕޮޓޯގްރަފީ ޕާޓްނަރ އަކީ ޑިޖިޓަލް ފޮޓޯއެވެ.
ރަށު ފެންވަރުގައި ބޭންވި މި މުބާރާތަކީ ބ.ކަމަދޫ ކައުންސިލާއި ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީސިޓިވްސް (ޔަކިސް) އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
12 ޑިސެންބަރ 2019
12 ޑިސެންބަރ 2019
10 ޑިސެންބަރ 2019
10 ޑިސެންބަރ 2019
06 ޑިސެންބަރ 2019
30 ނޮވެންބަރ 2019
30 ނޮވެންބަރ 2019
23 ނޮވެމްބަރ 2019
21 ނޮވެންބަރ 2019
18 ނޮވެންބަރ 2019