ދަ ހޯކްސް ފުޓްސަލް ޓޯނަމެންޓް 2019: މެޗަކުން ބަލިނުވެ "ކުލަބް ދި ފުރެންޑްސް" ފައިނަލަށް

އަޙްސަން އަޙްމަދު | 1 އޮކްޓްބަރ 2019

ބ.ކަމަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ދަ ހޯކްސް ފުޓްސަލް ޓޯނަމެންޓް 2019 " ގެ ފައިނަލަށް މެޗަކުން ބަލިނުވު ކުލަބް ދި ފުރެންޑްސް ދަތުރުކޮށްފިއެވެ.

ކުލަބް ދި ފުރެންޑްސް ކުޅުނު ފުރަތަމަ މެޗު 3 10 އެފްޓީ ފަލްކޮން ބަލިކޮށް ދެވަނަ މެޗު 8 2 އެފްސީ ރިއަލް ޖޫނިއާސް ބަލިކުރި އިރު ތިންވަނަ މެޗު ވަނީ 2 2 އެފްސީ ރިއަލް އާ ވާދަކޮށް އެއްވަރުވެފައެވެ. ހަތަރުވަނަ މެޗު ފުލައި ހޯކްސް 4 6 ބަލިކުރި އިރު މިއަދު ހަވީރު ކުޅުނު ފަހުމެޗު ޔުނައިޓެޑް ދި ފުރެންޓްސް އާ ވާދަކޮށް ފަސޭހަކަމާއެކު 12 1 ކުލަބް ދި ފުރެންޓްސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗު 2 އޮކްޓޯބަރ 2019 ވަނަ ދުވަހު 16:00 ގައި ކުލަބް ދި ފުރެންޑްސް ނިކުންނާނީ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި އެފްޓީ ފަލްކޮން އާދެކޮޅަށެވެ.
މިމުބާރާތް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމް އަކާ ވާދަކުރައްޖެހޭގޮތަށެވެ. އަދި އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލަށް ދަތުރުކުރާގޮތަށެވެ.

ބ.ކަމަދޫ ފުޓްބޯޅަ ދަނޑު ގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ޖުމުލަ 6 ޓީމު ވާދަކުރެއެވެ. ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ރަންނަރ އަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަހޯކްސްއެވެ. ކޯސްޕޮންސަރ އަކީ ޑައުން އިންވެސްޓްމެންޓެވެ. ޓްރަވަލް ޕާޓްނަރ އަކީ ރޯދި ލައުންޗެވެ. ޕޮޓޯގްރަފީ ޕާޓްނަރ އަކީ ޑިޖިޓަލް ފޮޓޯއެވެ.

ރަށު ފެންވަރުގައި ބާއްވާ މި މުބާރާތަކީ ބ.ކަމަދޫ ކައުންސިލާއި ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީސިޓިވްސް (ޔަކިސް) އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :