މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފުލައި ހޯކްސް އާއި އެފްޓީ ފެލްކޯން

ހިތާދޫ އޮންލައިން | 29 ސެޕްޓެމްބަރ 2019





ބ. ކަމަދޫ މިހާރު ކުރިއަށްދާ "ދަ ހޯކްސް ފުޓުސަލް ޓޯނެމެންޓު 2019" ފަސްވަނަ ފުޓްސެލް މުބާރާތުގައި މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފުލައި ހޯކްސް އާއި އެފްޓީ ފެލްކޯން އެވެ.

މާދަމާގެ ފުރަތަމަ މެޗު ކުޚުމަށް ހަމަޖެހިފައި ވަނީ 15:45 ގައެވެ. ދެވަނަ މެޗު ކުޅޭނީ 16:45 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ޔުނައިޓެޑް ޑި ފްރެންޑްސް އާއި ކްލަބް ޑު ފްރެންޑްސް އެވެ.

މިއަދުވެސް މި މުބާރާތުގެ މެޗުތަށް ވަނީ ކުޅެފައެވެ. މިއަދުގެ ފުރަތަމަ މެޗުގައި 16:00 ގައި ބައްދަލުކުރީ ޔުނައިޓެޑް ޑި ފްރެންޑްސް އާއި އެފްސީ ރިއާލް އެވެ. މި މެޗު 2-0 އިން މެޗު ކާމިޔާބު ކުރީ އެފްސީ ރިއާލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޙުސެން ޝަރީފެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ރިއާލް ޖޫނިއަރސް އާއި ފްލައި ހޯކްސްއެވެ. 5-6 އިން މެޗު ކާމިޔާބު ކުރީ އެފްސީ ރިއާލް ޖޫނިއާރސް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރިއާލް ޖޫނިއާރސްގެ މުޙައްމަދު ޝިފާޒެވެ

ދަހޯކްސް އިން ޓައިޓަލް ސްޕޮންސަރ ކޮށްފައިވާ މި މުބާރާތަކީ ކަމަދޫ ކައުންސިލާއި ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީސިޓިވްސް ( ޔަކިސް) އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :