އޭދަފުށި ޓީމް ފޮޓޯ : އީޓީ

ގޯލްޑެން ފުޓުސަލް ޗެލެންޖު: ބ.އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

ހިތާދޫ އޮންލައިން | 28 ސެޕްޓެމްބަރ 2019





ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ.އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފިއެވެ. އޭދަފުށި ޗެމްޕިއަންކަން ހޯދީ ތުޅާދޫ 8 1 ބަލިކުރުމަށްފަހުއެވެ.

ޒޯނު ބުރުގައި އޭދަފުށި ވާދަކުރަން ޖެހޭނީ ރ.އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިގުރާދޫގެ އިތުރުން އޮޓަމެޓިކުން ކޮލިފައިވި ނ.އަތޮޅު ހޮޅުދޫއާއެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވި އިރު ބ. އަތޮޅުން ބައިވެރިވެފާ ވަނީ ތުޅާދޫ އާއި ހިތާދޫ އަދި އޭދަފުށިއެވެ.
2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ހިތާދޫ އެވެ. 2016 ވަނަ ތ. ތިމަރަފުށިން މި މުބާރާތް ކާމިޔާބުކުރިއިރު 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާލެ މާފަންނު ޓީމެވެ. 2018 ވަނަ އަހަރުގެ ފައިނަލުގައި ލ. ގަން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުށި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 2018 ވަނަ އަހަރު އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ހިތާދޫ އާއި ތުޅާދޫ އަދި ކުޑަރިކިލާ ވާދަކޮށް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރު ނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :