ގޯލްޑެން ފުޓުސަލް ޗެލެންޖު: ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ހިތާދޫ އާއި އޭދަފުށި މެޗު އެއްވަރު.

ހިތާދޫ އޮންލައިން | 26 ސެޕްޓެމްބަރ 2019





ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު ގައި ބ. އަތޮޅުގެ ދެވަނަ މެޗު އެއްވަރު ވެއްޖެއެވެ.

ބ.އަތޮޅުގެ ދެވަނަ މެޗު ގައި ހިތާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު 2 2 އެއްވަރުވެއްޖެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިތާދު ޓީމުގެ އަންމަޑޭއެވެ. ހިތާދޫ ގެ ފުރަތަމަ ލަނޑު އަންމަޑޭ ކާމިޔާބު ކޮއްދިންއިރު ފަހު ލަނޑު ކާމިޔާބު ކޮއްދިނީ ހުޒޭއެވެ.

މިގުރޫޕްގެ ފަހު މެޗު ގައި ބައްދަލު ކުރާނީ ތުޅާދޫ އާއި އޭދަފުށިއެވެ.
މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކްލަބް މޯލްޑިވްސް ކަޕް ކުރިއަށް ގެންދިޔަ ހުޅުމާލެ ފުޓްސަލް ދެ ދަނޑުގައެވެ.
މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވި އިރު ބ. އަތޮޅުން ބައިވެރިވެފާ ވަނީ ތުޅާދޫ އާއި ހިތާދޫ އަދި އޭދަފުށިއެވެ.
2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ހިތާދޫ އެވެ. 2016 ވަނަ ތ. ތިމަރަފުށިން މި މުބާރާތް ކާމިޔާބުކުރިއިރު 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާލެ މާފަންނު ޓީމެވެ. 2018 ވަނަ އަހަރުގެ ފައިނަލުގައި ލ. ގަން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުށި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 2018 ވަނަ އަހަރު އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ހިތާދޫ އާއި ތުޅާދޫ އަދި ކުޑަރިކިލާ ވާދަކޮށް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރު ނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Marey

ބަދަލެއް ނުކުރީމަ ދެރަދޯ! ރިމާ އެރުވި ނަމަ ރަގަޅުވީސް
ސާޖީ އަތުން ވަރަށް ބޯޅަތަށް ގެންލުނު