ބ. ކަމަދޫ އާއި މާޅޮހުގެ ފެނުގެ ނިޒާމު އިންޑިޔާ ކުންފުންޏަކާ ހަވާލު ކޮށްފި

ހިތާދޫ އޮންލައިން | 26 ސެޕްޓެމްބަރ 2019

ބ. ކަމަދޫ އާއި މާޅޮހުގެ ފެނުގެ ނިޒާމު ގާއިމު ކުރަން އިންޑިޔާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މިދެރަށުގެ ފެނުގެ ނިޒށމުގެ މަސައްކަތް ހަވާލު ކުރީ މިއަދު ޕްލޭނިންގ މިނިސްޓްރީގައި
15 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އިންޑިއާގެ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރަން ހަވާލުކުރީ އިޕޮކްސް ޕްރައިވެޓް ލިމިޑެޓް އިން އެސޯސިއޭޝަން ވިތު ފީޑްބެކް އިންފްރާ ޕްރައިވެޑް ލިމިޑެޓް (އިންޑިޔާ) އަދި ފޯސައިޓް ސާވެޔާސް ޕްްރައިވެޓް ލިމިޓެޑްގެ ފަޜާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުއާވިޔަތު އަބްދުއް ސައްތާރެވެ.

ފެނާއި ނަރުދަމާ ގާއިމުކުރަން އެކުންފުންޏަށް ހަވާލުކުރި ރަށްތައް:

– މ. ނާލާފުށި – މ. ރަތްމެންދޫ – ވ. ކެޔޮދޫ
– ވ. ރަކީދޫ – ނ. ފޮއްދޫ – ނ. މާފަރު
– އއ. ފަރިދޫ – އއ. ފަރިދޫ – އއ. ހިމަންދޫ
– ޅ. އޮޅުވެލިފުށި – ފައިނު – ށ. ގޮއިދޫ
– ހދ. ކުމުންދޫ – ހދ. ހިރިމަރަދޫ – ހއ. ވަށަފަރު
-ހއ. ތަކަންދޫ – ގދ. ދެއްވަދޫ – ގއ. ނިލަންދޫ
ގދ. ނަޑެއްލާ – ލ. ހިތަދޫ

ހަމައެކަނި ފެނުގެ ނިޒާމު ގާއިމުކުރާ ރަށްތައް:

– ދިޔަމިނގިލި – އދ. އޮމަދޫ
– ތ. މަޑިފުށި – އއ. މަތިވެރި
– ނ. ހެންބަދޫ – އއ. ދިއްދޫ
– މަނަދޫ – އއ. ފެންފުށި
– ށ. ފީވަށް – ބ. ކަމަދޫ
– ބ. މާޅޮސް – ކ. ހިންމަފުށި
– ރ. އިންނަމާދޫ – ހއ. މާރަންދޫ
– ހއ. މުރައިދޫ

ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ދެއްވަދޫއާއި ނިލަންދޫ އަދި ނަޑެއްލާގެ އިތުރުން ހިތަދޫއާއި ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ސާވޭ މަސައްކަތާއި ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިންޑް ޑިޒައިން، ޓެންޑާ ޑޮކިއުމަންޓްސް އަދި އީ.އައި.އޭ ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް ހަވާލުކުރީ 3.2 މިލިއަން ރުފިޔާ އަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :