ކަމަދޫ ކައުންސިލު 5 ވަނަ ފުޓުސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފޮޓޯ- ކަމަދޫ ކައުންސިލް

ބ. ކަމަދޫ ދަ ހޯކްސް ފުޓުސަލް ޓޯނަމެންޓު އިއްޔެ ފަށައިފި

ޢާމިރު ޢަބްދުއްލަޠީފު | 24 ސެޕްޓެމްބަރ 2019

ބ. ކަމަދޫ ކައުންސިލުން ިއިންތިޒާމު ކޮށްގެން ބާއްވާ "ދަ ހޯކްސް ފުޓުސަލް ޓޯނެމެންޓު 2019" ފަސްވަނަ ފުޓްސެލް މުބާރާތް އިއްޔެ ފަށައިފިއެވެ.

ރަށު ފެންވަރުގައި ބާއްވާ ބ. ކަމަދޫ ދަހޯކްސް އިން ޓައިޓަލް ސްޕޮންސަރ ކޮށްފައިވާ މި މުބާރާތަކީ ކަމަދޫ ކައުންސިލާއި ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީސިޓިވްސް ( ޔަކިސް) އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދު ވިދާޅުވީ މިއީ އެ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ 5 ވަނަ މުބާރާތް ކަމަށާއި މިއީ ކަމަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވައި ކުރިއަރުވައި އެކުވރިކަން ބަދަހިކޮށް އަޚްލާގު ރަނގަޅު ޒުވާން ޖީލެއް އުފެއްދުމުގެ މަޤޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގެ މެޗުތަށް ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގަންނަވާނީ ފޯސީޒަން ލަނޑާގިރާވަު، އަނަންތަރަ، މިލައިދޫ، ނައޓިލަސް މޯލްޑިވްސް އަދި ރީތިބީޗު ރިޒޯޓުގެ އިސްވެރިން ބައިވެރިވިއެވެ.

އިއްޔެ ބ. ކަމަދޫގައި ފެށި މި މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލު ކުރީ އެފްސީ ރިއާލް އާއި އެފްސީ ރިއާލް ޖޫނޮއާރ އެވެ.

ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ރަންނަރ އަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ ހޯކްސް އެވެ. ކޯސްޕޮންސަރ އަކީ ޑައުން އިންވެސްޓްމަންޓެވެ. ޓްރަވަލު ޕާޓްނަރ އކީ ރޯދި ލައުންޗެވެ. ޕޮޓޯގްރަފީ ޕާޓްނައަކީ ޑިޖިޓަލް ފޮޓޯއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މަހުމާނަކަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފަށް ވަނީ ދަޢްވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :