ދޮންފަނު އިންވިޓޭޝަން ކަޕުގައި ބައިވެރި ވުމުގެ ފރުސަތު ހުޅުވާލައިފި

ހިތާދޫ އޮންލައިން | 19 ސެޕްޓެމްބަރ 2019

ދޮންފަނު އިންވިޓޭޝަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ދޮންފަނު ޒުވާނުންގެ ރޫޙުން ބ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަންނަ ޑިސެމްބަރުމަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 26ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނައަޕް ޓީމަށް 10،000ރ ވަނީ ހުށަހަޅައިފަ އެވެ.

މިއީ ދޮންފަނުގައި މި މުބާރާތް ބާއްވާ 4 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ދޮންފަނު އިންވިޓޭޝަން ކަޕް ކާމިޔާބުކުރީ ކްލަބް އޭދަފުށިންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :