ކަރަންޓު ނެތުމުން ބ. ކަމަދޫގައި އިހުތިޖާޖު ކުރަނީ

ކަރަންޓު ނެތުމުން ބ. ކަމަދޫގައި އިހުތިޖާޖު ކުރަނީ

ހިތާދޫ އޮންލައިން | 15 ސެޕްޓެމްބަރ 2019





ބ. ކަމަދޫގައި ކަރަންޓު ނެތުމުން އެރަށު ރައްޔިތުންގެ ބަޔަކު ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވީ ހެނދުނު 7:30 ފެށިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ސްކޫލުގެ ކިޔެވުމާއި މުއައްސަސާތަކުގެ މަސަތްކަތް ހުއްޓިފައިވާ ކަމަށެވެ.

ކަމަދޫ އަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ސާޖިދު ވިދާޅުވީ މުޅި ރަށަށް ކަރަންޓް ފޮރުކޮށްދިނުމަށް ބޭނުންކުރާ 250 ކިލޯވޮޓްގެ އިންޖީނުގައި މައްސަލަ ޖެހިފައިވާތާ 3 މަސްދުވަސްވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށްދިނުމަށްޓަކައި އެތައް ފަހަރަކު ސަރުކާރުގެ ފަރާތުގައި އެދިފައިވާނެ ކަމަށާއި އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެތައް ފަހަރެއްގެ މަތިން އިންޖީނިއަރެއް ސަރުކާރުގެ ފަރާތުން ފޮނުވި ނަމަވެސް އެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކަމަދޫގެ ފެނަކަ ގޮފީގެ ޑެޕިއުޓީ މެނޭޖަރ ވިދާޅުވީ ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސަތްކަތް ކުރަމުންދާ ކަމަށާއި ކަމަދޫއަށް ކަރަންޓު ދޭ 2 ޖަނަރޭޓަރުން މުޅީި ރަށަށް ކަރަންޓު ނުދެވޭ ކަމަށެވެ. އަދި މައްސަލަތައް ދިމާވަނީ އިންޖީނަށް ލޯޑް ބޮޑުވެގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :