އޭދަފުށީ ފަޅުތެރޭގައި މަރުވި މުށި މަސްތައް ކުނިވެގެން މައްޗަށް އަރާފައި—އީޓީ ފޮޓޯ/ހުސައިން މުހައްމަދު

މުށިމަސްތައް މަރުވެ އޭދަފުށީ ފަޅު ކުނިވެއްޖެ

ހިތާދޫ އޮންލައިން | 14 ސެޕްޓެމްބަރ 2019

ގިނަ އަދަދެއްގެ މުށި މަސްތައް މަރުވެ ބ. އޭދަފުށީ ފަޅުތެރެ ފަޅުތެރެ ކުނި ވެއްޖެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މަރުވި މަސްތައް ކުނިވެގެން މިހާރު މައްޗަށް އަރަން ފަށައިފައިވާ ކަމަށާއި ފަޅުތެރޭގައި މަސް މަރުވާން ދިމާވި ސަބަބެއް އަދި ޔަގީން ނުވާކަމަށެވެ.

އެ ރަށުގެ ބައެއް މީހުން ލަފާކުރާ ގޮތުގައި މަސް މަރުވާން ދިމާވި ސަބަބަކީ ފަޅުތެރެ ބެދި، އޮއިވަރު ނުހިނގުމުން ނުވަތަ އެކަން މެދުވެރިވީ ފަޅުތެރޭގެ ފިނިހޫނު މިނަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ބައެއް މީހުން ލަފާކުރެއެވެ.

މަރުވި މަސްތައް ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :