ޢާމިރު ޢަބްދުއްލަޠީފު ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫ ސިއްހީ މަރުކަޒު ހިންގުން ޢާމިރު އާއި ޙަވާލު ކޮށްފި

އަހުސަނު އަހުމަދު | 14 ސެޕްޓެމްބަރ 2019





ބ. ހިތާދޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް ބ. ހިތާދޫ ފެހިވިދުވަރު ޢާމިރު ޢަބްދުއް ލަތީފު ހަމަޖައްސައިފި އެވެ.

ބ. ހިތާދޫ ސިއްހީ މަރުކަޒު ހިންގުމުގެ އެންމެ އިސްވެރިއަކަށް ރައީސް އޮފީހުން ހަމަޖެއްސެވި ޢާމިރު ޢަބްދުއްލަޠީފަކީ 2009 އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން ހިތާދޫ ކައުންސިލަރުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހިތާދޫ އޮންލައިންއަށް މަޢްލޫމާތު ދެއްވަމުން ޢާމިރު ވިދާޅުވީ ހިތާދޫ ސިއްހީ މަރުކަޒުން ދެމުންދާ ޚިދުމަތަކީ ރައްޔިތުންނަށް ހިނިތުންވުމާއި އެކު ދެވޭ ޚިދުމަތެއްކަން ކަށަވަރު ކުަރައްވާނެ ކަމަށާއި މުވައްޒަފުންގެ ބައިވެރިވުމާއިއެކު ތަފާތު ދެއްކުމަކީ އަމާޒެއްކަމަށެވެ.

" ހިތާދޫ ސިއްހީ ޚިދުމަތަކީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ އެއްޗަކށް ހަދައިދޭނަން"

އާމިރު ޢަބްދުއްލަޠީފު ހިތާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެލެއްވީ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :