ވިއާމް ޢަބްދުއްﷲ ފޮޓޯ- ހިތާދޫ ސްކޫލް

ވިއާމު އަބްދުއްﷲ ގަދަ ދިހައެއްގައި ހިމެނިއްޖެ

ޢާމިރު ޢަބްދުއްލަތީފު | 13 ސެޕްޓެމްބަރ 2019





މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ބ.
ހިތާދޫގެ ދަރިވަރަކު ހިމެނިއްޖެ އެވެ.

ގަދަ ދިހައެއް އިއުލާން ކުރުމަށް ދަރުބާރު ގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފަސް މާއްދާއިން އޭ ފާސް ހޯދައިގެން ބ.ހިތާދޫ ސުހާނީ ވިއާމު ޢަބްދުއްﷲ ވަނީ ރާއްޖޭގެ ގަދަ 10ގެ ދިހަ ވަނަ ހޯދައިފަ އެވެ.

ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި ހިމެނުނު 404 ދަރިވަރަކަށް އެވޯޑް ދީފިއެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަކީ ވައްބުރެއްގައި ދައުރުވާ ބައެއް ކަމަށެވެ. މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށާއި ސްކޫލުތައް ނިންމާ ދަރިވަރުންގެ ތެރެއިން މޮޅެތި ދަރިވަރުން ޓީޗަރުކަން ކިޔަވަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރު، ފެންވަރު ރަނގަޅު ޓީޗަރަކާއެކު ދެތިން އަހަރު ހޭދަކޮށްފި ނަމަ އެކަމުގެ ހެޔޮ އަސަރު އެ ދަރިވަރުގެ މުޅި އުމުރަށް ކުރާނެ ކަމަށެވެ. އެހެންކަމުން އެދެވޭ ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެންމެ މުހިއްމު ކަމަކީ އެ ދާއިރާގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުންކަން ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ibbered

މަރުޙަބާ!!!!!