ބ. ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ޕްލޭނިންގ މިނިސްޓްރީ އާއި ބައްދަލު ކުރަނީ

ކަމަދޫ ކައުންސިލުގެ ރައީސް ޕްލޭނިންގ މިނިސްޓަރާއި ބައްދަލު ކުރައްވައިފި

ހިތާދޫ އޮންލައިން | 08 ސެޕްޓެންބަރ 2019

ބ. ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދު ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުައްވައިފިއެވެ.

ބުރާސްފަރި ދުވަހު އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކަމަދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަމާއި ޕްރޮޖެޓުތަކާއި ރައްޔިތުންގެ ކަން ބޮޑުވުންތަށް ރައީސް ވަނީ ހިއްސާ ކުަރައްވާފައެވެ.

ހިތާދޫ އޮންލައިންއަށް މަޢްލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރު ފުޅަކީ އަމިއްކަ ބޭނުމަށް ވަޑައިގެންނެވި ދަތުރުފުޅެއް ކަމަށާއި ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ކަންކަން ކުރަން ލިބޭފުރުޞަތުގެ ބޭނުން އަބަދުވެސް ހިއޕަވާނެކަމަށެވެ. އެގޮތުން ފުރުސަތެއް ލިބިލެއްވުމުން މިނިސްޓްރާއި ބައްދަލު ކުރެއްވީކަމަށެވެ.

ސާޖިދަކީ ކަމަދޫގެ ކައުންސިލަށް ވަޑައިގެންނެވި ފަހުން ކަމަދޫއަށް ބޭނުންވާ ޚިދުމަތްތަށް ހޯއްދެވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :