ގޮއިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފި

ހިތާދޫ އޮންލައިން | 07 ސެޕްޓެންބަރ 2019

ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ގޮއިދޫގެ އިތުރުން ރ. ކިނޮޅަހާއި ނ. ކުޑަފަރި އަދި ނ. މާޅެންދޫގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ފެން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
މަޝްރޫއުތަކުގައި ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުމަށް 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އެ މަސައްކަތް ފެން ކުންފުންޏާ ހަވާލު ކުރީ 22 މަސް ދުވަހުން ނިންމާ ގޮތަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :