ބ. ކަމަދޫ ފަރު ސާފު ކުރުމުގެ ޕްރޮގްރާމު

ކަމަދޫގައި ފަރު ސާފު ކުރުމުގެ ބޮޑު އިވެންޓެއް ހިންގައިފި

ޢާމިރު ޢަބްދުއްލަޠީފު | 04 ސެޕްޓެމްބަރ 2019

ބ. ކަމަދޫ ގެސްޓު ބީޗާއި ފަރު ސާފު ކުރުމުގެ ޕްރޮގްރާމެއް ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯސް އާއި ހައިޑްރޯ ޓޯއީސް އިން އިއްޔެ ހިންގައިފިއެވެ.

ފުލް ޑޭ އިވެންޓެއްގެ ގޮތުގައި ހިންގި މިޕްރޮގްރާމަކީ ބ. ކަމަދޫގެ ހުރިހާ ގެސްޓުހައުސްތަކާއި މުއައްސަސާތައް އަދި ޖަމިއްޔާތަކާއި ވިޔަފާރިވެރިންގެ ބައިވެރި ވުމާއިއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި އިވެންޓު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ކަމަދޫ ޑައިވް އެންޑު ވޯޓަރ ސްޕޯޓްސް އިން ބުނީ ކަމަދޫގައި ގިނަ ގެސްޓު ހައުސްތަކެއް މިހާރު ހުޅުވާފައިވާ ކަމަށާއި ކަމަދޫ އކީ ފުޅާ ދާއިރާއެއްގައި ޑައިވިންގ އަދި މޫދުކުޅިވަރު ކުރިއަށްދާ ރަށެއް ކަމަށެވެ.

"ހެނދުނުގެ ސެޝަން ކުރިއަށް ދިޔައީ 9:00 އިން 12:00 އަށް. މެންދުރު ފަހު އޮތީ ވޯޓަރ ސްޕޯސްޓްސް އިވެންޓުތައް. އެ ނިމުނީ 4:30 ގައި"

ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް އާއި ހައިޑްރޯ ޓޯއީސް އިން ބުނީ ކަމަދޫ ހައުސް ރީފް ސާފު ކުރުމުގެ މިޕްރޮގްރާމު ކޮންމެ 3 މަހަކުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށާއި މިޢީ ފަރު ސާފު ކުރުމުގެ މިވަރުގެ ބޮޑު އިވެންޓެއް ކުރިއަށް ގެންދިޔޔަ ފުރަތަމަ ފަހަރުކަމަށާއި ކަމަދޫ ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. މިކަމަށްޓަކައި ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް އާއު ހައިޑްރޯ ޓޯއީސްގެ މެނޭގުމަންޓުގެ ނަމުގައި ކަމަދޫގެ މުއައްސަސާތަކާއު ވިޔަފާރިވެރިންނާއި ޖަމިއްޔާ އަދި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރު ލުމަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާކަމަށެވެ.

މި އިވެންޓަކީ ސީދާ ކަމަދޫގެ ބްރޭންޑްތަކުން ހިންގި އިވެންޓެކެވެ. އިއްޔެގެ މި އިވެންޓުގައި ބ. ކަމަދޫ ގެސްޓު ބީޗުގެ ބޮޑުބައެއް ވަނީ ސާފު ކުރެވިފައެވެ.

ކަމަދޫގައި ވޯޓަރ ސްޕޯޓްސް އަދި ޑައިވް ފެސިލިޓީސް ހިންގަނީ ކަމަދޫގެ ދަރިންނެވެ. މިވަގުތު ބ. ކަމދޫގައި 10 ގެސްޓުހައުސް ހިންގަމުން ދެއެވެ. އަދި އިތުރު ގެސްޓުހައުސްތަށް ހުޅުވަން ވަނީ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :