ބ. އަތޮޅު ހޮސްޕިޓަލުގައި ޙިތާނު ކުރުމަށް ފުރުޞަތު ހުޅުވާލައިފި

ހިތާދޫ އޮންލައިން | 30 އޯގަސްޓު 2019

ބ. އަތޮޅު ހޮސްޕިޓަލުން މި އަހަރު ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ކުރިއަށް ގެންދާ، ހިތާނީ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް ހުޅުވާލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި އަހަރުގެ ހިތާނީ ކޭމްޕް އޮންނާނީ އަންނަ ނޮވެމްބަރުމަހުގެ 23 އިން 1 ޑިސެމްބަރުގެ ނިޔަލަށް ކަމަށާއި ހިތާނީ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު މަހުގެ 15 ގެ ނިޔަލަށް ނަންނޯޓް ކުރުމަށް ހުޅުވާލާފައިވާށެވެ.

މި ފެސްޓިވަލުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހޭނެ ކަމަށާއި ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ފެސްޓިވަލުގައި ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ފެސްޓިވަލެއް ބާއްވަ އެވެ. އެގޮތުން ހިތާނީ ފެސްޓިވަލަށް އަތޮޅު ހޮސްޕިޓަލު ވަރަށް ބޮޑަށް ޒީނަތްތެރިކުރެ އެވެ. އަދި ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތުވެސް އޮންނަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :