އަބުސީ ކަޕް 2 ވަނަ މުބާރާތް

"އަބުސީ ކަޕް" ހިތާދޫ ކުޑަކުދިން ހެއްވާލި ފުޓުބޯޅަ މުބާރާތެއް!

ހިތާދޫ އޮންލައިން | 23 އޯގަސްޓު 2019





ބ. ހިތާދޫގެ ކުރީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އަލްމަރްހޫމު ޢަބްދުއްރަޝީދު ޢަބްދުލް ބާޤިރުގެ ހަނދާނުގައި އަލަށް ފަށާ ތުއްތު ކުދިންގެ ފުޓުބޯޅަ މުބާރާތް "އަބުސީ " ފުޓުބޯޅަ މުބާރާތަކީ މިޢީދުގައި ކުޑަކުދިން ވަށް ހިތްހަމަ ޖެހުނު މުބާރާތެއްކަމަށް ކުޅުންތެރިންގެ ބެލެނިވެރިން ބުނެފިޔެވެ.

ހިތާދޫ އޮންލައިން އާއި ވާހަކަ ދެއްކި ބެލެނިވެރިއކު ބުނީ ޢީދުގައި ކުޑަކުދިންނަށް ބޭއްވޭ އައިޓަމްތައް އޮންނަނީ އަބަދުވެސް މަދުވެފަ ކަމަށާއި ޚާއްޞަކޮށް މިފަދަ ވާދަކޮށްލެވޭ ކަހަލަ މުބާރާތްތަކެއް ނޯންނަކަމަށެވެ. ނަމަވެސް މި ދެއަހަރު "އަބުސީކަޕް" ބާއްވަން ފެށުމުން ތުއތު ކުދިނ ހިނިތުންވެލައއިފި ކަމަށެވެ.

އަބުސީ ކަޕުގެ ސަބަބުން ހިތާދޫގެ ތުއްތު ކުދިންގެ ހުނަރު ކުރިއަރައިގެް ދާނެކަމަށާއި މިއީ ހިތާދޫގެ ފުޓުބޯޅަ ކުރިއެރުމަށް ލިބިގެންދާ ފުރުޞަތެއްކަމަށްވެސް ބެލެނިވެރިން ދެކެއެވެ.

ހިތާދޫ އޮންލައިން އާ ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނީ މަރުޙޫމު އަބްދުއް ރަޝީދު (އަބުސީ) އަކީ ހިތާދޫގެ ކުޅިވަރުގެ ލެޖެންޑެއްކަމަށާއި އޭނާ އަކީ ހިތާދޫގައި ފުޓު ބޯޅަ ދިރުވައި އާލާކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މީހެއްކަމަށެވެ.

މުބާރާތް އިންތިޒާމު ކުރާ މަރުޙޫމު ޢަބްދުއްރަޝީދުގެ އަައިލާއިން ބުނީ މި މުބާރާތަކީ ބޭބެގެ ހަނދާނުގައި ބާޢްވާ ސިލްސިލާ މުބާރާތެއް ކަމަށާއި މިމުބާރާތުގެ މަޤްޞަދަކީ ހިތާދޫގައި މޮޅަށް ފުޓުބޯޅަ ކުޅޭ ޖީލެއް އުފެއްދުމެވެ.

މަރްޙޫމު ޢަބްދުއްރަޝީދަކީ ބ. ހިތާދޫގެ ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ 80 ގެ އަހަރު ތަކުގައި ހިތާދޫ ޒުވާނުންގެ ޖަމިއްޔާގެ ފުޓުބޯޅަ ޓީމުގައި ކުޅުނު މޮޅު ކުޅުންތެރިއެއްގެ އިތުރުން ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ.

މަރްޙޫމު ޢަބްދުއްރަޝީދު ބާޤިރު ނިޔާވީ ދެ އަހަރެއްހާ ދުވަސް ކުރީން މަސައްކަތުގައި އުޅެނިކޮށް ކުއްލިގޮތަކަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :