ބ. ކަމަދޫއަށް ގެނައި އިންޖީނު ބާލަނީ ފައިލްފޮޓޯ- ހިތާދޫ އޮންލައިން

ކަމަދޫ އިންޖީނުތައް ހަލާކުވެ ރަށުން ކަރަންޓު ކެނޑެއްޖެ

ޢާމިރު ޢަބްދުއްލަތީފު | 22 އޯގަސްޓު 2019

ބ. ކަމަދޫ އިންޖީނުގޭގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ މުޅިރަށުން ކަރަންޓު ކެނޑިއްޖެވެ.

ފެނަކަ ކޯޕަރޭޝަން ބ. ކަމަދޫ ބްރާންޗު އިންގުމާ ޙަވާލުވެ ހުންނެވި
ނިޒާމު ވިދާޅުވީ އެ އިންޖީނުގޭގައި ބޭނުން ކުރަމުންދާ އިންޖީނުތަަކަށް މައްސަލަ ދިމާވެގެން މިއަދު ހެނދުނުން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ފެނަކަ ހެޑު އޮފީހާއި ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"އެކަތި ރޭޑިއޭޓަރ ހަލާކުވެގެން ކަރަންޓު ދެވޭކަށް ނެތް އަނެތަކަތިން ކަރަންޓު އުފައްދައެއް ނުދޭ ދެން ހުރި ޖަނަރޭޓަރުން
މުޅިރަށަށް ކަރަންޓު ނުދެވޭނެ"

ބ. ކަމަދޫ އިންޖީނުގޭގައި މިހާރު ބޭނުން ކުރަނީ 180 ގެ ދެ ޖަނަަރޭޓަރ ސެޓާއި 250 ގެ ޖަނަރޭޓަރ ސެޓެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :