އެމްސެންން ޔޫތުކަޕް 2019 ގެ ޗެމްޕިއަން ބަގޭސް - ފޮޓޯ - ހިތާދޫ އޮންލައިން

ބަރާބަރު ބަލިކޮށް ބަގޭސް ފުރަތަމަ ފަހަރަށް ޗެމްޕިއަން ތަށި ނަގައިފި

ޢާމިރު ޢަބްދުއްލަޠީފު | 13 އޯގަސްޓު 2019

ހިތާދޫ ޔޫތުވިންގ އިން އިންތިޒާމު ކޮށްގެން ބ. ޙިތާދޫގައި ކުރިޔަށް ގެންދާ އެމްސެވަން ޔޫތުކަޕް 16 ވަނަ މުބާރާތުގެ ޗެމްޕިއަން ތަށި ބަރާބަރު ބަލިކޮށް ފުރަތަމަ ފަހަރަށް ބަގޭސް ނަގައިފިއެވެ.

ބަގޭސް ޗެމްޕިއަން ތަށި ހޯދީ އިއްޔެ ހަވީޜު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ބަރާބަރު އާއި ބައްދަލު ކޮށް 4 ލަނޑު 3 ލަނޑުން ޕެނަލްޓީ ޖަހައިގެންނެވެ.

ފޯރިގަދަ މި މެޗުވަގުތުގައި ދެޓީމުންވެސް ވަނީ އެއްގޯލު ޖަހައި އެއްވަރު ކޮށްފައެވެ. މެޗު ނިމުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއަދު ކުޅުނު މި ފޯރިގަދަ މެޗު ބެލުމަށް ގިން ބަޔަކު ވަނީ ދަނޑަށް އައިސްފައެވެ.

ފައިނަލް މެޗަށްފަހު ވަނަތަކަށް ދިޔަ ފަރާތްތަކަށް ވަނީ އިމާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދެއްވާފައެވެ. މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ ބަގޭސްގެ ޖާރޒީ ނަންބަރު 10 ހުސެން އަފްސަލާއި 22 ނަންބަރު ހުޝާމް ރަޝީދާއި ބަރާބަރުގެ 7 ނަންބަރު ޢަލީ ހައިޝަމް އާއި 9 ނަނަބަރު އިބްރާހިމް ޢަތީގު ހުސެންގެ އިތުރުން ހަމައެޓީމުގެ 11 ނަނަބަރު ޢަބްދުއްﷲ ޒިޔާނެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ފެއާރ ޕްލޭ ޓީމަކީ ބަގޭސްއެވެ. ރަންނަރ އަޕް ޓީމަކީ ބަރާބަރެއވެ.

މި މުބާރާަތުގެ މެއިން ސްޕޮންސަރ އަކީ އެމްސެވަން އެވެ.. މި މެޗު ހިތާދޫ އޮންލަިން ފޭސްބްކު ޕޭޖުން ވަނީ ވަގުތުން ވެބްކާސްޓު ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :